ހުއްދަ ހޯދައިގެން ވެކްސިން ޖަހަން ދެވޭނެ!

މާދަމާއިން ފެށިގެން، ބޭރަށް ނުކުތުމުގެ ހުއްދަ ހޯދައިގެން ވެކްސިން ޖަހަން ދެވޭނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވިދާޅުވެއްޖެއެވެ.
އެޗްޕީއޭ އިން މިއަދު ކުރެއްވި އިއުލާނެއްގައި ވިދާޅުވެފައި ވަނީ ކޮވިޑް-19 އިން ދިފާއުވުމަށް މާދަމާއިން ފެށިގެން ވެކްސިން ޖަހަން ދެވޭނީ ފުލުހުން ދޭ ހުއްދައާއެކު ކަމަށެވެ.
މާލެ ސަރަޙައްދުގައި ވެކްސިން ޖަހައިދޭ ސެންޓަރުތަކާއި ގަޑިތައް:
▪︎ ނޭޝަނަލް އާޓް ގެލެރީ: ހެނދުނު 9:00 އިން 11:00 އަށް
▪︎ ވިލިމާލެ ޔޫތު ސެންޓަރ: ހެނދުނު 9:00 އިން 11:00 އަށް
▪︎ ޓްރީޓޮޕް ހޮސްޕިޓަލު: ހެނދުނު 9:00 އިން 11:00 އަށް
ކޮވިޑް-19 އިން ދިފާޢުވުމަށް ވެކްސިންގެ ފުރަތަމަ ޑޯޒް (ސިނޮފާމް ވެކްސިންގެ) ޖަހައިދެނީ 18 އަހަރުން މަތީގެ މީހުންނަށެވެ.
ދެވަނަ ޑޯޒް ޖަހައިދެނީ ފުރަތަމަ ޑޯޒް ޖަހައިތާ 3 ހަފްތާ ވެފައިވާ މީހުންނަށެވެ.
މާދަމާއިން ފެށިގެން ދެ ހަފްތާ ވަންދެން، މާލެ ސަރަޙައްދުގެ ކާފިއު ގަޑި ހަވީރު 4:00 އިން އަނެއް ދުވަހުގެ ހެނދުނު 8:00 އަށް އެޗްޕީއޭއިން އިތުރުކޮށްފައެވެ. އަދި ކާފިއު ނޫން ގަޑިތަކުގައި ވެސް ބޭރަށް ނުކުމެވޭނީ ކޮންމެ ގޭބިސީއަކުން (ރެސިޑެންޝަލް ހުއްދަ އޮންނަ) ދެ މީހަކަށް ކަމަށް ވެސް ނިންމައިފައިވެއެވެ.