Thursday, 5 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

އިތުރު 22 ކޭސް އާއެކު، ކަނޑިތީމްގެ އެކްޓިވް ކޭސް ސަތޭކައާ ގާތަށް

އިތުރު 22 ކޭސް އާއެކު، ކަނޑިތީމްގެ އެކްޓިވް ކޭސް ސަތޭކައާ ގާތަށް

އިތުރު 22 ސާމްޕަލް ފައްސިވެ ކަނޑިތީމުގައި އެކްޓިވް ކޭސް ސަތޭކައާ ގާތްކޮށްފިއެވެ.

ކަނޑިތީމުގެ ހާލަތު ނުރައްކާތެރި ދަރަޖައަކަށް ގޮސް މިހާތަނަށް ޖުމްލަ 107 މީހުން ވަނީ ފައްސިވެފައި ކަމަށް ކަނޑިތީމު ސިއްހީމަރުކަޒުން ވިދާޅުވެއެވެ. އަދި އެކްޓިވް ކޭސްގެ ގޮތުގައި 95 މީހަކު އެބަތިއްބެވެ.

އެރަށު ފުލޫ ކުލިނިކަށް ދެއްކި މީހުންތަކެއް ކޮވިޑް 19އަށް ފައްސިވުމުގެ ސަބަބުން މިހާތަނަށް، 895 ސާމްޕަލެއް ނަގައިފައިވާއިރު އޭގެ ތެރެއިން 787 ސާމްޕަލް ވަނީ ނައްސިވެފައެވެ، އަލަށް ނެގުނު 81 ސާމްޕަލުން 22 ސާމްޕަލް ފައްސިވެފައިވާއިރު، 58 ސާމްޕަލެއް ވަނީ ނައްސި ވެފައެވެ. އަދި 1 ސާމްޕަލެއްގެ ނަތީޖާ ނުލިބެވެ.

Advertisement
HDC — Sidebar (box)

ކަނޑިތީމުގައި މިވަގުތު 289 ފަރާތެއް ހޯމް ކަރަންޓީންގައި އެބަތިއްބެވެ. އެ ރަށުން ބަލިޖެހުނު މީހުންގެ ތެރެއިން މިިހާތަނަށް 12 މީހެއް ވަނީ ބަލިން ރަނގަޅުވެފައެވެ،

ކޮވިޑްގެ ނުރައްކާތެރިކަން ރަށްރަށާ ހަމައަށް ފޯރައި 70އަށް ވުރެ ގިނަ ރަށް މިހާރު ވެސް އޮތީ މޮނިޓަރިންއަށް ލައިފައެވެ. އަދި މޮނިޓަރިންނަށް ލާފައިވާ ހުރިހާ ރަށެއްގައި ވަކި ވަގުތެއް ވަންދެން ކާފިއު ވަނީ އިއުލާނުކޮށްފައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް