ހަގީގީ ހާދިސާ

"ކޮވިޑަށް ފައްސިވި އުމުރުން ދުވަސްވީ ބޭބެއެއް، ނިޔާވެގެން ދިޔައީ އާއިލާ އެއްވެސް މީހެއްގެ އެހީތެރިކަމެއް ނުލިބި"

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
މީހަކު ވަޅުލާން ތައްޔާރުކޮށްފަ/ ދެން ފައިލް ފޮޓޯ

އާދައިގެ މަތިން މީސްމީޑިއާގެ އެކިއެކި މަންސަތައް ބަލަމުން ގެންދިޔައިމެވެ. އެގޮތުން އާންމުކޮށް އެންމެ ގިނަ ބަޔަކު ބޭނުންކުރާ ފޭސްބުކްއިން، ވަރަށް ވެސް ތަފާތު އެހެން ނަމަވެސް އެހާމެ އަސަރުގަދަ ވާހަކަކޮޅެއް ފެނުނެވެ.

Ads by STELCO

އޭނާގެ ޕޯސްޓުގައި ފުރަތަމަ ވެސް ލިޔެފައި ވަނީ، މިއީ އޭނާގެ ބައްޕަ ކޮވިޑް-19 އަށް ފައްސިވެގެން ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ބާއްވާފައި އޮތް އިރު ފެނުނު ހިތްދަތި މަންޒަރުތަކެއް ކަމަށެވެ.

"މުސްކުޅި ބޭބެއެއް އެތަނުގައި އެކަނިމާ އެކަނި އޮތް. އެ ބޭބެ އޮތީ ވެސް އޮކްސިޖަން ގުޅާފަ، އެތަނުގައި އަހަރެން އިން އިރު އެ ބޭބެގެ އާއިލާއިން އެއްވެސް މީހަކު ދިޔަ ތަނެއް އަހަރެން ނުދެކެން ،  އެ ބޭބެ ތާހިރުވާނެ އެއްޗެއް ފޮނުވާނުލާ ތާނގަ ، ގުޅީމަ ފޯނު ވެސް ނުނަގާކަން އަހަންނަށް ވެސް އެނގުނު" ފުރަތަމަ ލިޔެފައިވާ މި އިބާރާތްކޮޅުން ވެސް ނުހަނު ހިތްދަތި އިހުސާސްތަކެއް ކުރެވުނެވެ.

އޭނާގެ ވާހަކަ ކުރިއަށް ގެންދަމުން ބުނީ، އެތައް ދުވަހަކު ނަރުހުން ކައިރީ އަހައިގެން، އެ ބޭބެގެ އާއިލާ މީހުންގެ ނަންބަރުތައް ހޯދި ކަމަށެވެ. ނަމަވެސް އާއިލާގެ އެއްވެސް މީހަކަށް ނުގުޅުނުކަން ވެސް އޭނާ ވަނީ ހިއްސާ ކޮށްފައެވެ.

އަޅުގަނޑު އައިތާ 8 ވަނައަށް ވީ ދުވަހު އެބޭބެ ނިޔާވީ ލޯ ކުރިމަތީގައިއެވެ. ކިޑްނީބަލި ، ހިތުގެ ބަލި މީހެކެވެ.

އުމުރުން ދުވަސްވީ މީހެކެވެ. މި ފަނާކުރަނިވި ދުނިޔެއާއި ތާ އަބަދަށް އަލްވަދާއުކީ، ކުރިން ހުރި ބަލިތަކާއެކު، އިތުރު ވޭންދެނިވި ބައްޔެއް ތަޙައްމަލު ކުރަމުން، އާއިލާއާ ދުރުގައި، އާއިލާގެ ލޯތްބެއް އަޅާލުމެއް ނުލިބިއެވެ. އެކަނި އެތަނުގައި އެހެން އޮންނަން ޖެހުމުން އެ ބޭބެ ހިތަށް އަރާނެ އެއްޗިއްސާއި، ހިތާހިތުން ނަމަވެސް ހިތާމަ ކުރާނެވަރާ މެދު ވިސްނުމުން، ދެ ލޯ ކަރުނުން ފުރެއެވެ. ހަމަ ޔަގީނުން ވެސް އެ ބޭބެގެ ވެސް އާއިލާގެ ކޮންމެވެސް މީހަކު ހުންނާނެތާއެވެ. ނަމަވެސް ހިތާމައަކީ މިފަދަ ދަނޑިވަޅެއްގައި ވެސް އެ ބޭބެއަށް އާއިލާގެ ފަރާތުން އެއްވެސް ކުލުނެއް ނުލިބުމެވެ.

މާތް ﷲ އެ ބޭބެގެ ފުރާނައަށް ހެޔޮ ރަޙްމަތްލައްވަވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް ދެއްވާނދޭވެއެވެ. އާމީން!

إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُون

Ads by Allied Insurance
  1. އަހަރެންގެ ޚިޔާލު

    އަހަރެމެންގެ ތެރެއިން ގިނަމީހުންނަށް ވިސްނިފައި އޮންނަނީ މިއީ ހަމައެކަނި އޮތް ދުނިޔެ ކަމަށް އެނެތް ނުވާނެ ގިޔާމަތް ދުވަހުން މައިން ބަފައިންނަށް ހެޔޮކޮށް ނުހިތާ މީހުންނަށް ސުވަރޭގެ ވަސް ނުދުވާނެ! މައިން ބަފައިން އިޙްތިރާމްކޮށް އެދެމީހުން މުސްކުޅި ހާލުގައި ބަލާ މީހަކަށް ގިޔާމަށް ދުވަހުން ސުވަރުގޭގެ މަތިވެރި ނިއިމަތްތައް ދެއްވާ! މި ދިވެހިންނަކީ މުސްލިބާ؟ މިދުނިޔެ އުފަލަށް މިރު ދެނީ!