ދުނިޔެ

އިންޑިއާއިން "ކޮރޯނާދޭވީ" ބުދު ހަދައި އެއަށް އަޅުކަން ކުރަން ފަށައިފި

މުޙައްމަދު ސަނީޙް ، ދެން އޮންލައިން
ކޮރޯނާ ދޭވީގެ ނަމުން ނަން ދީފައިވާ ބުދު

އިންޑިއާގައި ހަލުވި ކަމާއެކު ކޮވިޑް-19 ފެތުރެމުންދާތީ އެ ގައުމުގެ ފައްޅިއެއްގައި ކޮވިޑް-19 އަށް ޚާއްސަކޮށްގެން ދެ ބުދެއް ހަދާ އެއަށް އަޅުކަން ކުރަން ފަށައިފިއެވެ.

Ads by Sosun Fihaara

އިންޑިއާގެ ޓަމިލްނާޑޫގެ ކޮންބަޓޯގައި ހުންނަ ފައްޅިއެއްގައި ހަދާފައިވާ މިބުދުތަކަށް އެ ފައްޅީގައި އުޅޭ ހިންދޫ ދީނުގެ ފާދިރީން ދަނީ އަޅުކަން ކުރަމުންނެވެ. ފައްޅިއަށް މީހުން ވަނުން އެޤައުމުގެ ސަރުކާރުން މަނާ ކުރުމާ ގުޅިގެން، އަދި މިހާތަނަށް މިބުދުތަކަށް އަޅުކަން ކުރުމުގެ ފުރުސަތެއް އާއްމުންނަކަށް ހުޅުވާލެވިފައެއް ނުވެއެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް ހަދައިފައިވާ މިބުދުތަކަށް ކިޔަނީ "ކޮރޯނާ ދޭވީ" އެވެ. މިއީ އަންހެން ބުދުތަކެކެވެ. މި ބުދުތަކުގެ ތެރެއިން އެއް ބުދު ހަދައިފައި ވަނީ ކެލައިންނެވެ. އަދި އަނެއް ބުދު ހަދައިފައި ވަނީ ހިލައިންނެވެ. އަދި ބުރުތަކަށް އަޅުކަން ކުރުމުގެ ގޮތުން ކާއެއްޗެހި ބުދުތަކުގެ ކައިރީގައި ބަހައްޓާ، ރީނދުލާއި ކިރުން މި ބުދުތައް ދޮވެ ހަދައެވެ. އަދި މި ބުދުތަކުގެ ކައިރީގައި ކިޔުމަށް ޚާއްސަ މަންތަރެއް ވެސް ވަނީ ހަދާފައެވެ.

މި ބުދުތައް ހެދި ފައްޅީގެ އިސް ފާދިރީ އަނިންދަބާރިތީ ބުނެފައި ވަނީ، ސަރުކާރުން ހުޅުވާލިހާ އަވަހަކަށް ބުދުތަކަށް އަޅުކަން ކުރުމުގެ ފުރުސަތު އާއްމުންނަށް ހުޅުވާލާނެ ކަމަށެވެ. އަދި މިވަގުތު އާއްމުންގެ މަންދޫބެއްގެ ގޮތުން، ފައްޅީގެ ފާދިރީން ބުދުތަކުގެ ކުރެން ވައިރަސް ފިއްލަވާތޯ އެދެމުންދާ ކަމަށް އޭނާ ބުނެފައިއެވެ.

"ސްމޯލް ޕޮކްސް، ޗިކެންޕޮކް ފަދަ ބަލިތަކުން ރައްކާތެރިކޮށްދޭތޯ މީގެ ކުރިން ވެސް ބުދުތައް ހަދައިގެން އަހަރެމެން އަޅުކަން ކުރީމު. އަހަރެމެން މި އަޅުކަން ކުރަނީ ވައިރަހަށް. ކޮންމެ ދުވަހަކު 7 ހަފްތާ ވަންދެން އަޅުކަން ކުރާނަން. މިބަލަނީ 7 ހަފްތާއިން ވައިރަސް އެއްކޮށް ހިނގާދައިދާނެ ކަމަށް" އަނިންދަބާރިތީ ބުންޏެވެ.

އަނިންދަބާރިތީ އިތުރަށް ބުނީ އިންޑިއާގެ އަދި ދުނިޔޭގެ ޑަކްޓަރުންނަށް ވެސް ކޮވިޑް-19 އިން ރައްކާތެރިކަން ހޯދުމަށް ނުކުޅެދިފައިވާ ކަމަށާއި މިހެންވެ، އެފަރާތުން އެމަސައްކަތާ ހަވާލުވީ ކަމަށެވެ.

އިންޑިއާގައި ހަލުވި ކަމާއެކު ދަނީ ކޮވިޑް-19 ފެތުރެމުންނެވެ. އެ ގައުމުގައި ކޮވިޑް ފެތުރުމަށް ދިމާވި މައިގަނޑު އެއް ސަބަބަކީ ހިންދޫ ދީނުގެ ފެސްޓިވަލަކަށް އެއް ސަރަހައްދަކަށް ގިނަ ބަޔަކު ޖަމާވުމެވެ. މިދިޔަ ހަފްތާގައި އެކަނި ވެސް އިންޑިއާގައި ކޮވިޑް-19 ޖެހިގެން 10،000 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

  1. މޮޔަ

    މޮޔަ އލތ ގަނޛއް އުޅޭ ގައުމެއްތީ އިބޫމެންނަށް ކަމުދަނީ އެހެންވެ

  2. ޕޮފް

    ދެން މައްޔިތެއް ހަދައިގެން އަޅޫކަން ކުރަން ފެށީމަ މީހުން މަރެއް ނުވާނެތާ .
    އަދި ހަމަ އެއާއެކު ދިރިގެންވެސް އަންނާނެތާ

  3. Kalhu fureytha

    ތީ މީދަލަށްވެސް އަޅުކަން ކުރާބައެއް ތި އިންޑިއާ

    މީހުން ކޮށްފާނެ ކޮންމެފަދަ ނުލަފާކަމެއްވެސް.

    ދެން އަންނިމެންވެސް ރަނގަޅުވާނެ މޮޔަމޯދީ އާ
    އެއްކޮށް ތިހަރަކާތުގަ ބައިވެރިވެލަން.

  4. ޜަސް

    މިއީ ހަމަ ލިޔަންޖެހޭ ޚަބަރެއްތޯ؟

  5. ޞވވޗޗ

    ހަހަހަ ގެރިގުއި އުނގުޅައިގެން ކަމެއްނުވީމަ މިހާރު ކޮރޯނާ ކަލާނގެއެހެދީ. މީހަކު ހޭބައްޔެއްނުވާނެތަ އަޅެ. ރާއްޖެގެވެރިންވެސް އުޅޭނެ މިއިންޑިއާއަކާ ގުޅުންބަދަހިކުރަން. ގެރީގެ ގޮރާ ކޮރޯނާގެ ބުދުކަލާނގެ ހަދާމޮޔަވާންނޫނީ ނޭގޭގަމާރު ބިތާއިންތަކެއް