އޮކްސިޖަން ހޯދަން ތިއުޅެނީ ކީއްކުރަން؟ ބުދުތައް ވަނީ އަހަރެމެން ވަށައިގެން އޮކްސިޖަން ލައްވާފަ: ބާބާ ރާމްދޭވް
އިންޑިއާގައި އޮކްސިޖަން ނުލިބި މީހުން މަރުވާތީ، އޮކްސިޖަން ސިލިންޑަރު ހޯދުމަށް ސަލާން ޖަހާ މީހުންނަށް އިންޑިއާގެ މަޝްހުރު ޔޯގާ އިންސްޓްރަކްޓަރު އަދި ހިންދޫ ފާދިރީއެއް ކަމަށްވާ ބާބާ ރާމްދޭވް ކޮވިޑް-19 ޖެހި ހާލު ބޮޑުވެފައިވާ މީހުންނަށް މަލާމަތްކޮށްފިއެވެ.
އާއްމުވެފައިވާ ވީޑިއޯއެއްގައި ބާބާ ރާމްދޭވް ބުނެފައި ވަނީ، ކަލާނގެތައް (ބުދުތައް) ވަނީ އޮޮކްސިޖަން ދީފައި ކަމަށެވެ. އަދި އެ އޮކްސިޖަކް ނޭވާލާން ބޭނުން ނުކުރަނީ ކީއްވެތޯ އޭނާ ސުވާލު އުފެއްދިއެވެ. އަދި އޮކްސިޖަން ސިލިންޑަރު ހޯދަން ދުވާ މީހުންނަކީ މޮޔަ މީހުން ކަމަށާއި އޮކްސިޖަން ވަށައިގެންވާ ފަޒާގައި ވީހިނދު ނޭވާލުމަށް އެ ބޭނުން ނުކޮށް އޮކްސިޖަން ސިލިންޑަރު ހޯދަން ނުދުވުމަށް އޭނާ އިރުޝާދުދެއެވެ.
ކޮވިޑް-19 ޖެހި ނޭވާލާން އުދަނގޫވާ ފަރާތްތަކަށް އޮކްސިޖަން ސިލިންޑަރު ބޭނުންކޮށްގެން ނޭވާ ލާން ފަސޭހަކޮށްދެއެވެ. މިގޮތަށް ކަންތައް ނުކުރާނަމަ މީހާގެ ހާލު ބޮޑުވެ، ގިނަ ފަހަރަށް މަރާ ކުރިމަތިއެވެ. އިންޑިއާގައި އޮކްސިޖަން ނުލިބިގެން މަރުވާ މީހުންގެ އަދަދު އިންތިހާއަށް މައްޗެވެ.
ބާބާ ރާމްދޭވް މިފައިން ބުނުމާ ގުޅިގެން އިންޑިއާގެ ޑަކްޓަރުން ވަނީ ނުރުހުން ފާޅުކޮށްފައެވެ. އެކަމާ ބާބާ ރާމްދޭވް ބުނީ، ޑަކްޓަރުގެ ފަރުވާއަށް ކޮވިޑް-19 މައިތިރި ނުވި ކަމަށާއި ކޮވިޑް-19އަށް އޭނާ ބޭހެއް އުފައްދައިފައިވާ ކަމަށެވެ. އަދި އެ ބޭސް ބޭނުން ކުރުމަށް އޭނާ އިލްތިމާސް ކުރިއެވެ.
ޑޮކްޓަރީ ފަރުވާއަށް އޭނާގެ ފާޑު ކިޔުން އަމާޒުކޮށްފައި ވަނީ ފަތްޕިލާވެލިން އުފައްދާފައިވާ ބޭސް މާކެޓް ކުރުމަށް އިންޑިއާގެ ނޫސްތަކުން ބުނެއެވެ. ބާބާ ރާމްދޭވް ފަތްޕިލާވެލިން އުފައްދާފައިވާ ބޭހަކީ ކޮވިޑް-19 އަށް ފަރުވާ އެއް ނޫން ކަަމަށާއި އެ ބޭނުން ނުކުރުމަށް އިންޑިއާގެ ޑޮކްޓަރުން މީގެ ކުރިން ވަނީ ގޮވައިލާފައެވެ.
ބާބާ ރާމްދޭވްއަކީ އިންޑިއާގައި ބޮޑު މަޤްބޫލުކަމެއް އޮންނަ މީހެކެވެ. އޭނާ ބުނާ ބަހަށް ހެއްލޭ އެތައް ބަޔަކު އިންޑިއާގައި އުޅެއެވެ. ބާބާ ރާމްދޭވް ވަނީ މިދިޔަ އަހަރު ފަތްޕިލާވެލިން އުފައްދާފައިވާ ބޭހެއް މާރުކޭޓަށް ނެރެފައެވެ. އެ ބޭސް އިންޑިއާގެ ގިނަ ބަޔަކު ބޭނުން ކުރަމުންދާކަން ފާހަގަކޮށްލެވެއެވެ. އިންޑިޔާ ފާހަގަ ކުރެވެނީ ދީނާއި ސަގާފަތުގެ ނަމުގައި އަސާސެއް ނެތް ކަންކަން ގަބޫލުކޮށް އެއަށް އަމަލު ކުރާ ގިނަ ބަޔަކު އުޅޭ ގައުމެއްގެ ގޮތުގައެވެ.
އިންޑިޔާ ފާހަގަ ކުރެވެނީ ދީނާއި ސަގާފަތުގެ ނަމުގައި އަސާސެއްނެތް ކަންކަން ގަބޫލުކޮށް އެއަށް އަމަލު ކުރާ ގިނަ ބަޔަކު އުޅޭ ގައުމެއްގެ ގޮތުގައެވެ.
ބާބާ ރާމްދޭވް އަކީ އިންޑިއާގައި ބޮޑު މަޤްބޫލު ކަމެއް އޮންނަ ފަރާތެކެވެ. އޭނާ ބުނާ ބަހަށް ހެއްލޭ އެތައް ބަޔަކު އިންޑިއާގައި އުޅެއެވެ. ބާބާ ރާމްދޭވް ވަނީ މިދިޔަ އަހަރު ފަތްޕިލާވެލިން އުފައްދާފައިވާ ބޭހެއް މާރުކޭޓަށް ނެރެފައެވެ. އެ ބޭސް އިންޑިއާގެ ގިނަ ބަޔަކު ބޭނުން ކުރަމުންދާކަން ފާހަގަކޮށްލެވެއެވެ. އިންޑިޔާ ފާހަގަ ކުރެވެނީ ދީނާއި ސަގާފަތުގެ ނަމުގައި އަސާސެއްނެތް ކަންކަން ގަބޫލުކޮށް އެއަށް އަމަލު ކުރާ ގިނަ ބަޔަކު އުޅޭ ގައުމެއްގެ ގޮތުގައެވެ.