ޚަބަރު

ލ. އަތޮޅުން އިއްޔެ އެކަނި 70 މީހުން ފައްސިވި، ބަލި ޖެހުނު މީހުންގެ އަދަދު ހާހުން މައްޗަށް

ރައުފާ ރަޝީދު ، ދެން އޮންލައިން
Fonadhoo ފޮނަދޫ ލާމު laamu
ލ.ފޮނަދޫ މަތިން ނަގާފައިވާ ފޮޓޯއެއް.

ލ.އަތޮޅުން އިތުރު 70 މީހުން ކޮވިޑަށް ފައްސިވެ އެ އަތޮޅުން ބަލި ޖެހުނު މީހުންގެ އަދަދު 1000އަށް ވުރެ މައްޗަށް އަރައިފިއެވެ.

Ads by STELCO

ގަން ރީޖަނަލް ހޮސްޕިޓަލުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ގަމުން އިއްޔެ 26 މީހުން ވަނީ ފައްސިވެފައެވެ.

ގަމުން މިހާތަނަށް 131 ބަލިން ރަނގަޅުވެފައިވާއިރު ބަލީގައި އެކަކު ވަނީ ނިޔާވެފައެވެ. އެ ރަށުގައި ޖުމްލަ ބަލި ޖެހުނު މީހުންގެ އަދަދަކީ 268 އެވެ. އެކްޓިވް ކޭސްތަކުގެ އަދަދަކީ 136އެވެ.

ލ.މާންދޫން މިހާތަނަށް ޖުމްލަ 311 މީހަކަށް ބަލި ޖެހިފައިވެއެވެ. އަދި 287 މީހުން ބަލިން ރަނގަޅުވެފައިވާ އިރު އެ ރަށުން ވެސް އެކަކު ވަނީ މި ބަލީގައި ނިޔާވެފައެވެ. އެރަށުގެ އެކްޓިވް ކޭސްތަކުގެ އަދަދަކީ 23 އެވެ.

އިސްދޫން އިއްޔެ ވަނީ އިތުރު 9 މީހުން ފައްސިވެފައެވެ. މިއާ އެކު އެ ރަށުން ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 162އަށް އަރާފައެވެ. އަދި 73 މީހުން ބަލިން ފަސޭހަވެ، އެކްޓިވް ކޭސްތަކުގެ އަދަދަކީ 89އެވެ.

ކަލައިދޫން ބަލި ޖެހުނު މީހުންގެ އަދަދަށް ބަލާއިރު މިހާތަނަށް 46 މީހުން ފައްސިވެ ބަލިން ރަނގަޅުވީ އެކެކެވެ. އެ ރަށުގެ އެކްޓިވް ކޭސްގެ ގޮތުގައި 45 މީހުން އެބަތިއްބެެވެ.

އެ އަތޮޅު ދަނބީދޫން މިހާތަނަށް ކޮވިޑް ޖެހުނު 9 މީހުން ވެސް ވަނީ ބަލިން ރަނގަޅުވެފައެވެ. އެހެންކަމުން އެ ރަށުގައި މިހާރު އެކްޓިވެ ކޭސްއެއް ނެތެވެ. މާބައިދޫން ވެސް ބަލި ޖެހުނު އެކަކު ފާހަގަކުރެވިފައިވާއިރު އެ މީހާ ވެސް ވަނީ ބަލިން ރަނގަޅުވެފައެވެ. ހިތަދޫގައި ވެސް އެކްޓިވް ކޭސްއެއް މިހާރަކު ނެތެވެ.

އެ އަތޮޅު ފޮނަދޫން މިހާތަނަށް 32 މީހުން ފައްސިވެ 26 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. މިއާ އެކު އެ ރަށުގެ އެކްޓިވް ކޭސްގެ ގޮތުގައި 6 މީހުން އެބަތިއްބެވެ. އެ ރަށުން އިއްޔެ އަލަށް ބަލި ޖެހުނީ އެންމެ މީހަކަށެވެ.

މާމެންދޫއިން އިއްޔެ ފައްސިވި މީހާ ހިމަނޭ ގޮތުން އެ ރަށުގެ އެކްޓިވް ކޭސްގެ އަދަދަކީ 18 އެވެ.

އެ އަތޮޅުން 3 ވަނަޔަށް އެންމެ ގިނަ މީހުން ފައްސިވެފައި ވަނީ މާވަށުންނެވެ. ޖުމްލަ 166 މީހުން ފައްސިވެފައިވާ އިރު އެކްޓިވް ކޭސްގެ ގޮތުގައި 137 މީހުން އެބަތިއްބެވެ. އިއްޔެ ވެސް 31 މީހުންނަށް ބަލި ޖެހިފައިވެއެވެ. އަދި 28 މީހުން ބަލިން ފަސޭހަވެ އެކަކު ވަނީ ބަލީގައި ނިޔާވެފައެވެ.

މި އަދަދުތަކާ އެކު އެ އަތޮޅުން ބަލި ޖެހުނު މީހުންގެ އަދަދަކީ 1014 އެވެ. އަދި ބަލިން ފަސޭހަވެފައި ވަނީ 556 މީހުންނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!