ހަލުވިކަމާ އެކު ފެތުރޭ ނުރައްކާތެރި އައު ވޭރިއެއްޓެއް ވިއެޓްނާމުން ފެނިއްޖެ
ކޮވިޑް-19ގެ ނުރައްކާ ބޮޑު މި ދަނޑިވަޅުގައި އަނެއްކާ ވެސް ކޮވިޑް19ގެ އައު ވޭރިއަންޓެއް ފެނިއްޖެއެވެ.
މި ވޭރިއެންޓް ދެނެގަނެވިފައި ވަނީ ވިއެޓްނާމުންނެވެ.
ވިއެޓްނާމްގެ ކަމާ ބެހޭ އިދާރާތަކުން ހާމަކޮށްފައިވާ ގޮތުގައި އެޤައުމުން ފެނިފައި ވަނީ މީގެ ކުރިން އިންޑިއާއިން ފެނުނު ވޭރިއަންޓާއި ޔޫކޭ ވޭރިއެންޓްގެ މަސްހުނި ވޭރިއެންޓެކެވެ. އަދި މި ވޭރިއަންޓް ވައިގެ ޒަރިއްޔާއިން ވަރަށް ހަލުވި ކަމާއެކު ފެތުރޭކަމަށް ވިއެޓްނާމްގެ ސިއްހީ ކަންކަމާ ބެހޭ އިދާރާއިން ހާމަ ކުރެއެވެ.
ކޮވިޑް-19 ކޮންޓްރޯލް ވިއެޓްނާމް ވަނީ މިދިޔަ އަހަރުގައި މުޅި ދުނިޔޭގެ ސަމާލުކަން ހޯދައިފައެވެ. އެހެން ނަމަވެސް މިއަހަރު ވިއެޓްނާމުގައި ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު ކުއްލިއަކަށް ވަނީ މަތިވެފައެވެ. އަދި އޭޕްރީލް މަހުން ފެށިގެން އެގައުމުން ދުވާލެއްގެ މައްޗަށް ކޮވިޑް-19އަށް ފައްސިވާ މީހުންގެ އަދަދު އުޅެނީ ވަރަށް މަތީގައެވެ. އެޤައުމުން މިހާތަނަށް ކޮވިޑް-19 ޖެހިގެން މަރުވެފައި ވަނީ އެންމެ 47 މީހުންނެވެ.
"ވިއެޓްނާމުން ފެނުނު ކޮވިޑް-19 ވޭރިއަންޓްގައި އިންޑިއާ ވޭރިއަންޓްގެ ސިފަތަކާއި އިނގިރޭސިވިލާތުން ފެނުނު ވޭރިއަންޓްގެ ސިފަތައް އެބަހުރި. މި ވޭރިއަންޓް ވަރަށް ނުރައްކާތެރި" މި ވޭރިންޓާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ވިއެޓްމާމްގެ ހެލްތު މިނިސްޓްރާ ގުރެން ތަންހް ލޯންގް ވިދާޅުވިއެވެ،
މިނިސްޓަރ ލޯންގް ވިދާޅުވީ، ވިއެޓްނާމުން ފެނުނު ބާރުގަދަ ވޭރިންޓާ ބެހޭ ގޮތުން ހޯދުނު ޖެނޯމޯ ޑޭޓާތައް ވަރަށް އަވަހަށް ޝާއިއުކުރާނެ ކަަމަށެވެ. އަދި މިފަހަރު ފެނުނު ވޭރިއަންޓަކީ މީގެ ކުރިން ފެނުނު ވޭރިއަންޓްތަކާ އަޅައިބަލާއިރު ވައިރަސް ފެތުރޭ މިންވަރު ހަލުވި ވޭރިއަންޓަކަށް ވާތީ ސަމާލުވެ ތިބުމަށް އޭނާ ވަނީ އިލްތިމާސް ކުރައްވާފައެވެ.
ޑަބްލިއު.އެޗް.އޯއިން މިހާތަނަށް ކޮވިޑް-19ގެ 4 ވޭރިއަންޓެއް ވަނީ ހޯދާފައެވެ. އެއީ އިންޑިއާ ވޭރިއަންޓާއި ޔޫކޭ ވޭރިއަންޓާއި، ދެކުނު އެފްރިކާ ވޭރިއަންޓާއި ބްރެޒިމްގެ ވޭރިއަންޓެވެ. ވިއެޓްނާމުން މިފެނުނު ވޭރިއަންޓާ ބެހޭ ގޮތުން ޑަބްލިއު.އެޗް.އޯއާ ސުވާލު ކުރުމަށް ވަކި ޖަވާބެއް ދީފައި ނުވާކަަމަށް ރޮއިޓާސްއިން ރިޕޯޓްކުރެއެވެ.
ލޯންގް ވިދާޅުވެފައި ވަނީ،. ލެބޯޓަރީގައި މި ވޭރިންޓް ޓެސްޓް ކުރިއިރު، ވަރަށް އަވަހަށް ވައިރަސް އާލާވާ ކަމަށް ދެއްކި ކަމަށާއި ވިއެޓްނާމްގައި ކޮވިޑް-19 ކޭސްތައް ގިނަ ވެގެން އުޅެނީ މިވޭރިއަންޓްގެ ސަބަބުން ކަމަށްވުން އެކަށީގެންވާ ކަމަށެވެ.
ވިއެޓްނާމްގެ އާބާދީއަކީ 98 މިލިޔަން މީހުންނެވެ. މިހާތަނަށް އެޤައުމުން ވެކްސިން ދީފައި ވަނީ 2.9 މިލިޔަން މީހުންނަށެވެ.