Thursday, 5 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ކޮވިޑް-19: މާބަނޑު ނަރުހަކު ފައްސިވެ، ހާލުދެރަވެގެން އައިސީޔޫގައި ފަރުވާދެނީ

ކޮވިޑް-19: މާބަނޑު ނަރުހަކު ފައްސިވެ، ހާލުދެރަވެގެން އައިސީޔޫގައި ފަރުވާދެނީ

މާބަނޑު މީހަކު ކޮވިޑް-19 އަށް ފައްސިވެ ދަރުމަވަންތަ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ހޯދަމުން އެބަދެއެވެ.

އެނގިފައިވާ ގޮތުގައި އައިސީޔޫގައި ފަރުވާ ދެނީ ނަރުހަކަށެވެ. އޭނާއަށް އައިސީޔޫގައި ފަރުވާ ދޭތާ މިއަދަށް މިވީ ފަސް ދުވަހެވެ.

އާއިލާއިން މައުލޫމާތު ދީފައިވާ ގޮތުގައި، އެ އަންހެން މީހާ ކޮވިޑަށް ފައްސި ވީ މީގެ ހަފްތާއެއް ކުރިންނެވެ. ހޮސްޕިޓަލަށް ގެންދިޔައީ ފައްސި ވިތާ ތިންވަނައަށް ވީ ދުވަހު، މާބޮޑަށް ހާލު ދެރަވެގެންނެވެ.

Advertisement
Allied — Dhen Online (box)

ކޮވިޑް-19އަށް ފައްސިވީ އެ ނަރުހުގެ ހާލު މިހާރު ރަނގަޅުވަމުން އަންނަކަމަށް ވެސް މައުލޫމާތު ލިބިފައި ވެއެވެ.

ރާއްޖޭގައި ކޮވިޑް ޖެހޭ މާބަނޑު މީހުންގެ އަދަދު ވެސް އަންނަނީ އިތުރުވަމުންނެވެ. ޑޮކްޓަރުން ވިދާޅުވާ ގޮތުގައި ކޮވިޑް ޖެހޭ މާބަނޑު މީހާގެ ބަނޑުގައި އޮންނަ ދަރިފުޅަށް ވެސް ބައެއްފަހަރު މި ބަލީގެ އަސަރު ކުރެއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް