ޚަބަރު

ފައްސިވެފައިވާ ދަރިވަރުންނަށް އިމްތިހާނު ހެދޭ ގޮތް ވާނީ ހަމަޖެހިފައި: އިހުސާން

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ކޮވިޑަށް ފައްސިވެފައިވާ ދަރިވަރުންނާއި ކަރަންޓީނުގައި ތިބޭ ދަރިވަރުންނަށް ވެސް އިމްތިހާނުތަކުގައި ބައިވެރިވެވޭނެ ގޮތް ހަމަޖެހިފައިވާނެ ކަމަށް ޑެޕިއުޓީ މިނިސްޓަރ އޮފް އެޑިއުކޭޝަން މުހައްމަދު އިހުސާން ވިދާޅުވެއްޖެއެވެ.

Ads by STELCO

އެޗްއީއޯސީން މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޑެޕިއުޓީ މިނިސްޓަރ އިހުސާން ވިދާޅުވީ، ސުކޫލުތަކުގައި ކުރިއަށްދާ އޯލެވެލްއާއި އޭލެވެލް އިމްތިހާނުގެ ކަންކަން ވަރަށް ރަނގަޅަށް ކުރިއަށް ދާ ކަމަށާއި، މިކަންކަމުގައި ރަށްރަށުގައި ގާއިމް ކުރެވިފައިވާ ޓާސްކްފޯސްތަކާއި ހެލްތު ފެސިލިޓީތަކުގެ ބޭފުޅުންގެ އިތުރުން ފުލުހުންހެ އެހީތެރިކަން ވެސް ލިބިގެންދާ ކަމަށެވެ. އަދި ޚާއްސަކޮށް ހެލްތު ޕްރޮޓެކްޝަން އޭޖަންސީ (އެޗްޕީއޭ)ގެ ވަރަށް ބޮޑު އެހީތެރިކަމެއް މިކަމަށް ލިބޭ ކަމަށް ވެސް އިހްސާން ވިދާޅުވިއެވެ.

އިހުސާން ވިދާޅުވީ މިކަމުގައި ހުރިހާ ސުކޫލުތަކެއްގެ މުދައްރިސުންނާއި، ބެލެނިވެރިންގެ ފަރާތުން ލިބޭ އެއްބާރުލުމަށް ނިހާޔަތަށް ޝުކުރު ދަންނަވާ ކަމަށެވެ.

2021ވަނަ އަހަރުގެ ކިޔެވުން ނިމި، ބޮޑު ޗުއްޓީއަށް ސްކޫލްތައް ބަންދު ވާނީ ޖޫން 24ގައެވެ.

ދިރާސީ އައު އަހަރުގެ ފޮތްތައް ދިނުމުގެ މަސައްކަތް މިހާރު ކުރިއަށް ދާ ކަމަށް ވެސް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!