ދުނިޔެ

ނަމާދު ކުރާ ވަގުތު މިސްކިތުން ބޭރަށް އަޑު ނީވޭ ގޮތް ހަދަން ސަޢުދީން އަމުރުކޮށްފި

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

ބަންގީގެ އަޑު މަޑުކޮށް، ނަމާދު ކުރާ ވަގުތު މިސްކިތުން ބޭރަށް އަޑު ނީވޭ ގޮތް ހަދަން ސަޢުދީ އަރަބިއްޔާގެ އިސްލާމިކް މިނިސްޓްރީން އެ ޤައުމުގެ މިސްކިތްތަކުގެ އިމާމުންނަށް އަމުރު ކޮށްފިއެވެ.

Ads by Sosun Fihaara

ސަޢުދީގެ އިސްލާމިކް އެފެއާޒް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވިދާޅުވީ، ބަންގީގެ އަޑު، ސްޕީކަރުތަކުގެ އެންމެ ބާރު އަޑުގެ ތިންބައިކުޅަ އެއްބަޔަށް ދަށް ކުރުމަށާއި ނަމާދަށް ޤަމަތް ދިނުމަށް ފަހު އަޑުގަދަ ކުރާގެ އަޑު ކަނޑައިލުމަށް އަމުރު ކުރާ ކަމަށެވެ. އަދި ނަމާދު ކުރާ ވަގުތުގައި ބޭރަށް އަޑު ނީވޭ ގޮތަށް ހަމައެކަނި މިސްކިތުގެ ޖަމާޢަތަށް އަޑުއިވޭ ގޮތަށް ނަމާދު ކުރުމަށް ވަނީ އަމުރުކޮށްފައެވެ. މި އުސޫލަށް އަމަލު ނުކުރާ އިމާމުންނަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އެ މިނިސްޓްރީން ވަނީ ދީފައެވެ.

މިނިސްޓްރީގެ ބަޔާނުގައި ވިދާޅުވެފައި ވަނީ، މިި ނިންމުން ނިންމައިފައި ވަނީ ދެ އަހަރު ދުވަހުގެ މަޝްވަރާތަކަށް ފަހު ކަމަށާއި މި ނިންމުން ނިންމީ، މިސްކިތުގެ ކައިރީ އުޅޭ ގެތަކުގެ މީހުންނަށް އުދަނގޫވާތީ ލިބެމުންދާ ޝަކުވާތަކަށް ރިޢާޔަތް ކުރުމަށް ފަހުގައި ކަމަށެވެ. މިގޮތުން މިސްކިތްތަކުގެ ކައިރީގައި އުޅޭ އަވައްޓެރިންގެ ގޭގައި އުޅޭ މުސްކުޅިންނާއި ކުޑަކުދިންނަށް ނިދުމަށް އުނދަގޫވާކަމުގެ ގިނަ ޝަކުވާތަކެއް ލިބިފައިވާ ކަމަށް އެ މިނިސްޓްރީން ވިދާޅުވިއެވެ.

މިނިސްޓްރީގެ މި ނިންމުމަށް ގިނަ ބަޔަކު ފާޑު ކިޔަމުންދާ މި ދަނޑިވަޅުގައި، މި ނިންމުން ދިފާޢު ކުރައްވާ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ.އަބްދުލް ލަތީފް އައްޝައިޚް ވިދާޅުވީ، ނަމާދަށް ބަންގި ދިނުމަށް ލަސްނުކޮށް ނަމާދަށް ދާން ޖެހޭ ކަމަށާއި ނަމާދު ކުރާ ވަގުތުގައި ހަރު އަޑުން ނަމާދު ކުރުމަކީ ކޮންމެހެން މުހިންމު ކަމެއް ނޫން ކަމަށެވެ. އަދި އިމާމް މީހާއަށް ތަބާވެގެން ނަމާދު ކުރެވޭނީ ހަމައެކަނި މިސްކިތުގައި ހެދޭ ޖަމާޢަތުގައި ކަމަށްވީ ހިނދު ގޭގައި ތިބޭ މީހުންނަށް ނަމާދު ކުރާ އަޑު އިއްވުމުގެ ހަޤީޤީ ބޭނުމެއް ނެތް ކަމަށް ވިދާޅުވިއެވެ.

"އަޑު އަހާނެ މީހެއް ނެތި އަދި ޤުރުއާނުގެ އާޔަތްތަކާ މެދު ވިސްނައި ފިކުރު ކުރާނެ މީހެއް ނެތި، ސްޕީކަރުތަކުން ހަރު އަޑުން ޤުރުއާން ކިޔެވުމަކީ ޤުރުއާނަށް ކުރެވޭ މަލާމާތެއް" މިނިސްޓަރ ވިދާޅުވިއެވެ.

ސަޢުދީ އަރަބިއްޔާގެ މައްކާގައި ހުންނަ ޙަރަމްފުޅާއި މަދީނާގައި ހުންނަ ނަބަވީ މިސްކިތުގެ އިތުރުން އެ ޤައުމުގައި 98,800 މިސްކިތް ހުރެއެވެ.

  1. ޢާއިޝަތު

    ލާއިލާހަ އިއްލައްﷲ މުހައްމަދުއްރަސޫލުﷲސައްލައްﷲ އަލައިހި ވަސައްލަމަ..ސުބުހާނައްﷲ…

  2. މުސްލިމް

    ސަޢޫދީ ވަލީޢަހުދު ހުޅަނގަށް ވިކިފަ ހުންނަ ލާދީނީ މުހައްމަދުގެ ބަލާވެރިކަން މުޅި އުންމަތަށް ޖެހެނީ..! ހުރި ހިތާމައެއްގެ ބޮޑު ކަމާ..!