ޚަބަރު

ބާ ކައުންސިލުގެ ހިންގާ ކޮމިޓީން އަނަސް އިސްތިއުފާ ދެއްވައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ބާ ކައުންސިލުގެ ހިންގާ ކޮމިޓީން އަނަސް ޢަބްދުއްސައްތާރު އިސްތިއުފާ ދެއްވައިފިއެވެ.

Ads by STELCO

ބާ ކައުންސިލުން މިއަދު ކުރި ޓުވީޓެއްގައި އަނަސް އިސްތިއުފާ ދެއްވިކަން ވަނީ ހާމަކޮށްފައެވެ. އެ ކައުންސިލުން ބުނި ގޮތުގައި 1 ޖޫން 2021 ވަނަ ދުވަހުން ފެށިގެން އަނަސް ވަނީ ހިންގާ ކޮމިޓީން އިސްތިއުފާދެއްވައިފައެވެ. ބާ ކައުންސިލުން ވަނީ އަނަސްގެ ޚިދުމަތަށް ޝުކުރު އަދާކޮށްފައެވެ.

އަނަސްއަކީ ބާ ކައުންސިލުގެ ހިންގާ ކޮމިޓީ އެކުލަވައިލިއިރު އެ ކައުންސިލަށް ވަކީލުންގެ ތެރެއިން އިންތިހާބުވެވަޑައިގެންނެވި މެންބަރެކެވެ. އެ ކައުންސިލްގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓުން ދައްކާގޮތުގައި އަނަސްއަކީ ކޮމިޓީގެ ބައްދަލުވުންތަކުގައި އެންމެ މަދުން ބައިވެރިވި މެމްބަރެވެ.

އަނަސްއަކީ އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލްކަމުގެ މަޤާމު ގިނަ ދުވަސްތަކެއް ވަންދެން އަދާކުރައްވައިފައިވާ ބޭފުޅެކެވެ. އަދި އޭނާ ވަނީ މާލެ ސިޓީގެ މޭޔަރުކަމަށް ވެސް މިފަހަރު ވާދަކުރައްވައިފައެވެ. އެ އިންތިހާބު ބޮޑު ތަފާތަކުން ކާމިޔާބު ކުރެއްވީ ޑރ. މުހައްމަދު މުއިއްޒެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!