Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ތަރުތީބެއް ނެތި ނެގި ސުންކުން މީހަކު ފައްސިވެ އުނގޫފާރު މޮނީޓަރިންއަށް، ރަށުން 9 މީހަކު ފައްސި

ތަރުތީބެއް ނެތި ނެގި ސުންކުން މީހަކު ފައްސިވެ އުނގޫފާރު މޮނީޓަރިންއަށް، ރަށުން 9 މީހަކު ފައްސި

ވަކި ތަރުތީބެއް ނެތި ނެގި ސުންކުން މީހަކު ފައްސިވެ، ރ. އުނގޫފާރު މޮނީޓަރިންގެ ހާލަތަށް ލައިފިއެވެ.

އުނގޫފާރު ކައުންސިލުގެ ނައިބު ރައީސް ޔޫޝާއު ނަސީމް "ދެން"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ވަކި ތަރުތީބެއްނެތި އެ މީހާގެ ސުންކު ނަގައިފައި ވަނީ މިދިޔަ މެއި މަހުގެ 28 ވަނަ ދުވަހު ކަމަށާއި، ކޮވިޑް-19އަށް ފައްސިވުމުގެ ސަބަބުން އުނގޫފާރު މޮނީޓަރިންގަށް ލައިފައި ވަނީ އިއްޔެ ކަމަށެވެ.

"މިވަގުތު ރަށުން 9 މީހަކު ވަނީ ކޮވިޑް-19އަށް ފައްސި ވެފައި. އެއީ ތަރުތީބެއްނެތި ނެގި ސުންކުން ފައްސި ވީ މީހަކާއި، އޭނާއާ ސީދާ އެއްތާވި (ޑައިރެކްޓް ކޮންޓެކްޓްވި) މީހަކާއި ރޯގާގެ އަލާމާތްތައް ހުރި މީހެއްގެ އިތުރުން ގޭގައި ކަރަންޓީނު ވެފައި ތިބި ހަ މީހެއް" ޔޫޝާއު ވިދާޅުވިއެވެ.

Advertisement
Allied Insurance — Square (box)

ފައްސި ވީ 9 މީހުންގެ ތެރެއިން ރޯގާގެ އަލާމާތްތައް ހުރި މީހާއަކީ އުމުރުން ދުވަސްވީ މީހެއް ކަމަށާއި ކޮވިޑް-19އަށް ފައްސިވުމުން އޭނާގެ ހާލު ފުރަތަމަކޮޅު ދެރަވި ކަމަށް ވެސް ޔޫޝައު ވިދާޅުވިއެވެ. ނަމަވެސް އޭދަފުށި ފެސިލިޓީއަށް ގެންގޮސް ފަރުވާ ދިނުމަށް ފަހު މިހާރު އެ މީހާގެ ހާލު ރަނގަޅު ކަމަށް ވެސް ކައުންސިލު ނައިބު ރައީސް ވިދާޅުވިއެވެ.

އުނގޫފާރުގައި މިވަގުތު 40 ގެއެއް ހުރީ ކަރަންޓީނަށް ލައިފައެވެ.

ކޮވިޑް-19ގެ ހާލަތާ ގުޅިގެން މިވަގުތު މޮނީޓަރިންގަށް ލެވިފައިވަނީ 74 ރަށެއް ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން މައުލޫމާތު ދެެއްވައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް