ޚަބަރު

އަލިފުށިން މިއަދު އިތުރު ފަސް މީހަކު ކޮވިޑަށް ފައްސިވެ ޖުމުލަ އަދަދު 42އަށް!

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ރ.އަލިފުށިން މިއަދު އިތުރު ފަސް މީހަކު ކޮވިޑަށް ފައްސިވެ ޖުމުލަ އަދަދު 42އަށް އަރައިފިއެވެ.

Ads by STELCO

އަލިފުށި ހެލްތު ސެންޓަރުން "ދެން"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މިއަދު މިއަދު އެރަށުން ކޮވިޑަށް ފައްސިވެފައި ވަނީ ތިން ދިވެހިންނާއި ދެ ބިދޭސީން ކަމަށެވެ. އަދި މި ހުރިހާ އެންމެންނަކީ ވެސް އަލާމާތްތައް ފެންނަން ފެށުމުން ރަށު ފުލޫ ކްލިނިކަށް ދައްކަން ދިޔަ ބައެއް ކަމަށް ވެސް އޭނާ ފާހަގަ ކުރިއެވެ.

އަލިފުށީގައި ކޮވިޑް ފެތުރެމުން ދިއުން ހުއްޓުވުމަށް ޓަކައި ރަށް ހަތަރު ބަޔަކަށް ބަހައިލައިގެން، ސޯޝަލް ސަޕޯޓު ޑެސްކުން އަންނަނީ ރަށުގެ ރައްޔިތުންނަށް އެކި ކަހަލަ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. މިގޮތަށް މިކަން ކުރުމުގެ މަޤުސަދަކީ މީހުން ގޭގައި ތިބުމަށް ބާރުއެޅުމާއި، އެހީތެރިކަން ފޯރުކޮށްދިނުމެވެ.

ރ. އަލިފުށިން އެންމެ ފުރަތަމަ ކޮވިޑްގެ ކޭހެއް ފެނުނު ހިސާބުން ރަށަށް އަރައިފޭބުން މަނާ ކުރެވި ރަށް ވަނީ މޮނިޓަރިންގެ ހާލަތަށް ލެވިފައެވެ. އަދި ޓާސްކް ފޯހާއި، ސިއްހީ މަރުކަޒުގެ އިތުރުން ރަށު ކައުންސިލުން ދަނީ ރަށުގައި ކޮވިޑްގެ ކޭސްތައް އިތުރުވިޔަ ނުދިނުމަށް ޓަކައި މަސައްކަތް ކުރަމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!