Wednesday, 4 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

"އިހުމާލުން ފުރާނަތައް ވަކިވެގެން ދިޔުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން، ހެލްތު މިނިސްޓަރު އިސްތިއުފާ ދެއްވާ"

"އިހުމާލުން ފުރާނަތައް ވަކިވެގެން ދިޔުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން، ހެލްތު މިނިސްޓަރު އިސްތިއުފާ ދެއްވާ"

ހެލްތް މިނިސްޓްރީއާއި އެ މިނިސްޓްރީގެ ދަށުން މަސައްކަތްކުރާ މުއައްސަސާތަކުގެ އިހުމާލުން އެތައް ފުރާނައެއް ވަކިވަމުންދާތީ ހެލްތް މިނިސްޓަރ އަޙްމަދު ނަސީމް މިހާރުންމިހާރަށް އިސްތިއުފާ ދެއްވުމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ގޮވައިލައްވައިފިއެވެ.

އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ފަރާތުން މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވީ ކޮވިޑް19އަށް ފައްސިވެ ޢުމުރުން 10 އަހަރުގެ ފާޠިމަތު މިޝްކާ މުޙައްމަދު ނިޔާވި ޚަބަރު އެ ކޯލިޝަނުން އެހީ ފުން ހިތާމަޔާއެކު ކަމަށެވެ.

"ކޮވިޑް19 މެނޭޖެކުރުމުގައި ސަރުކާރު ފެއިލްވެ، ހެލްތް މިނިސްޓްރީއާއި އެ ވުޒާރާގެ ދަށުން މަސައްކަތްކުރާ މުއައްސަސާތަކުގެ އިހުމާލުން އެތައް ފުރާނައެއް މިދުނިޔެއާއ ވަކިވެގެން ދިއުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން އަދި ފުރާނައެއް ވަކިވެގެން ދިއުމުން މަޢާފަށް އެދި ނިންމާލުމަކީ ވެސް ބަލައިގަނެވޭނެ ކަމެއް ނޫން. މިފަދަ މައްސަލަތައް އިންސާފުވެރިކަމާއެކު ވީއެންމެ އަވަހަށް ތަޙްޤީޤުކޮށް މިކަމުގައި އިހުމާލުވާ ފަރާތްތަކަށް ޙައްޤު އަދަބު ދިނުމަށް މިކޯލިޝަނުން ހަރުއަޑުން ގޮވާލަން" އިދިކޮޅު ކޯލިޝަންގެ ބަޔާނުގައި ވިދާޅުވެފައި ވެއެވެ.

Advertisement
Allied Insurance — Square (box)

އެ ކޯލިޝަނުން އިތުރަށް ވިދާޅުވެފައި ވަނީ، ކޮވިޑް19އަށް ސަރުކާރުން މިހާތަނަށް 3.5 ބިލިއަނަށް ވުރެ ގިނަ ފައިސާ ޚަރަދުކޮށްފައިވާ އިރު، މި ފައިސާ މިވޭތުވެދިޔަ އެއްއަހަރު ދުވަހުގެ ތެރޭގައި ރައްޔިތުންނަށް ފައިދާހުރި ގޮތަކަށް ހޭދަކުރެވިފައި ނުވާ ކަމަށެވެ. އަދި ކޮވިޑް ފެސިލިޓީތަކާއި ޓެސްޓް ކުރެވޭނެ ނިޒާމާއި އިތުރު ވަސީލަތްތައް އެންމެ ނުރައްކާތެރި ޙާލަތަށް ރިޢާޔަތްކޮށް ޤާއިމްކުރެވިފައި ނުވާ ކަމަށާއި ނަމަވެސް މިހާތަނަށް ވެސް ސަރުކާރުން ވިދާޅުވެފައި ވަނީ މުޅި ސަރުކާރުން ވެސް މިކަމަށް އެންމެ ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށްކަން އިދިކޮޅުން ފާހަގަ ކުރައްވައިފައި ވެއެވެ.

އިދިކޮޅު ކޯލިޝަނުން ޤަބޫލު ކުރައްވަނީ ހެލްތް މިނިސްޓްރީއާއި މުޅިސަރުކާރު މިހާރު މިކަމުގައި ފެއިލްވެފައިވާ ކަމަށްކަމަށާއި އެހެންކަމުން ކޮވިޑް މެނޭޖްކުރުމުގެ ކަންކަން ހަރުދަނާކުރުމަށް ތަކުރާރުކޮށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ގޮވާލައި ކަމަށް ވެސް ބަޔާނުގައިވެއެވެ. އަދި ހެލްތް މިނިސްޓަރ އަޙްމަދު ނަސީމް މިހާރުން މިހާރަށް އިސްތިއުފާ ދެއްވުމަށް ވެސް އިދިކޮޅު ކޯލިޝަނުން ވަނީ ގޮވައިލައްވައިފައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް