ޚަބަރު

އިސްތިއުފާ ދޭނަންތޯ ކުރާ ސުވާލަށް ޖަވާބު ދޭނީ، އިހުމާލެއް އޮތްތޯ ބަލައިފައި - ނަސީމް

ރައުފާ ރަޝީދު ، ދެން އޮންލައިން

މަގާމުން އިސްތިއުފާ ދެއްވާނަންތޯ ސުވާލު ކުރުމުން އެކަމާ ގުޅޭގޮތުން ޖަވާބެއް ދެއްވާނީ އިހުމާލެއް އޮތްތޯ ބައްލަވާފައިކަމަށް ހެލްތް މިނިސްޓަރ އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

Ads by MWSC

މިހާރު ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއެއް ކުރި ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރ ނަސީމް ވިދާޅުވީ ނިޔާވި އުމުރުން 10އަހަރުގެ މިޝްކާއަށް ފަރުވާ ލިބުމުގައި ލަސްވި މައްސަލަ ވަރަށް ގާތުން ބައްލަވަމުންދާ ކަމަށެވެ. އަދި ރިޕޯޓުތަކަށް ބެލުމަށް ފަހު އިހުމާލެއް އޮތްތޯ ބައްލަވަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

“އެ މައްސަލަ ވަރަށް ގާތުން މިހާރު ދަނީ ބަލަމުން. ހުރިހާ ކަމަކަށް ބެލުމަށް ފަހު އިސްތިއުފާ ދިނުމާ ގުޅޭގޮތުން ޖަވާބެއް ދޭނަން” މިނިސްޓަރު ނަސީމް ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ އެ ހާދިސާގައި ހެލްތު މިނިސްޓްރީގެ އިހުމާލެއް އޮތް ކަމަށެވެ. އެހެންނަމަވެސް އެކަމާ ގުޅޭގޮތުން ތަފްސީލްކޮށް އެއްޗެއް ދަންނަވަން އެނގޭނީ ރިޕޯޓުތަކަށް ބެއްލެވުމަށް ފަހުގައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އުމުރުން 10އަހަރުގެ މިޝްކާ ނިޔާވީ މިމަހުގެ އެއްވަނަ ދުވަހު 00.10ކަންހާއިރުއެވެ. އޭނާ ހޮސްޕިޓަލަށް ގެންދިޔައީ 31 މެއި ދުވަހުގެ ރޭ 11:45ހާއިރުއެވެ. އެއީ އެމްބިއުލޭންސް ހޯދަން ފުރަތަމަ ގުޅިތާ 9 ގަޑިއިރު ފަހެވެ. މިޝްކާ ނިޔާވިއިރު އޭނާ ކޮވިޑަށް ފައްސިއެވެ.

Ads by Ooredoo
  1. ގުރާ

    މަޤާމު ދުކޮށްނުލާތި. އިހުމާލުވީ އެމްބިއުލާންސް. ރައީސް މިބޭފުޅާ ވަކޮށްދެއްވާ