Friday, 6 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

96 އެމްބިއުލޭންސް ގެންނަން ވަނީ އޯޑަރު ކޮށްފައި: މިނިސްޓަރ ނަސީމް

96 އެމްބިއުލޭންސް ގެންނަން ވަނީ އޯޑަރު ކޮށްފައި: މިނިސްޓަރ ނަސީމް

ރާއްޖޭގެ ސިއްޙީ ދާއިރާ ރަނގަޅުކުރަން ކުރެވޭ މަސައްކަތެއްގެ ގޮތުގައި، 96 އެމްބިއުލޭންސް ގެންނަން އޯޑަރު ކޮށްފައިވާނެ ކަމަށް ހެލްތު މިނިސްޓަރ އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) ގެ ފަރާތުން މިހާރު ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރާއްޖޭގައި މިހާރު އޮޕަރޭޓް ކުރަމުން ގެންދާ އެމްބިއުލޭންސްތަކުގެ އަދަދާ ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ ވިދާޅުވީ މާލޭގައި މިހާރު ދެވެނީ ފަސް އެމްބިއުލެންސްގެ ޚިދުމަތްކަމަށެވެ.

"އަޅުގަނޑުމެން އޯޑަރު ކޮށްފައި ވާނެ 96 އެމްބިއުލޭންސަށް. އެއީ 105 މިލިއަން ރުފިޔާގެ އެމްބިއުލޭންސް. އެ އެއްޗެހި މި މަސް ނިމޭ އިރު، ނުވަތަ ޖުލައި މަހުގެ ކުރީ ކޮޅު ލިބޭނެ ކަމަށް އަޅުގަނޑު އުއްމީދު ކުރަނީ" މިނިސްޓަރ ނަސީމް ވިދާޅުވިއެވެ.

Advertisement
HDC — Sidebar (box)

ހެލްތު މިނިސްޓަރ ވިދާޅުވީ، މި އެމްބިއުލޭންސްތައް ލިބުމަށް ފަހު، އެމްބިއުލޭންސްގެ ހިދުމަތް ލިބުމުގެ ދަތިކަން ދެން އަތޮޅުތެރޭގެ ރަށެއްގައި ވެސް އުޅޭނެހެން ހީފުޅިނުވާ ކަމަށެވެ.

މިނިސްޓަރ ނަސީމް އިތުރަށް ވިދާޅުވީ ރޭގެ ވަގުތެއްގައި ނިޔާވި އުމުރުން 10 އަހަރުގެ ފާތިމަތު މިޝްކާ މުޙައްމަދުގެ މަރާ ގުޅިގެން ތަހުގީގެއް ކުރިއަށް ގެންދާ ކަމަށާއި އިހުމާލެއް ވެފައިވާ ކަމަށް ޤަބޫލުފުޅު ކުރެވޭ ކަމަށެވެ.

މިޝްކާ ނިޔާވީ މިމަހުގެ އެއްވަނަ ދުވަހު 00.10ކަންހާއިރުއެވެ. އޭނާ ހޮސްޕިޓަލަށް ގެންދިޔައީ 31 މެއި ދުވަހުގެ ރޭ 11:45ހާއިރުއެވެ. އެއީ އެމްބިއުލޭންސް ހޯދަން ފުރަތަމަ ގުޅިތާ 9 ގަޑިއިރު ފަހެވެ. މިޝްކާ ނިޔާވިއިރު އޭނާ ކޮވިޑަށް ފައްސިއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް