ލައިފްސްޓައިލް

ފަތިސް ނަމާދު ކުރުމުން ހިލޭ ކޮފީ ލިބޭ ކެފޭއެއް ހެނބަދޫގައި !

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ކޮފީ ބުއިމަކީ މިހާރު ޒަމާނީ ޓްރެންޑެކެވެ. ޚާއްސަކޮށް ޒުވާނުންގެ މެދުގައި މިއީ ވަރަށް އާންމު ކަމެއް ވެސް މެއެވެ. ރައްޓެއްސަކާ ބައްދަލު ކޮށްލާނީ ވެސް ކޮފީއަކުންނެވެ. ވިޔަފާރި ބައްދަލު ވުމެއްގައި ވާހަކަ ދައްކައިލަން، ނުވަތަ އެހެން ކޮންމެވެސް މަޝްވަރާއެއް ކުރަންވިޔަސް ގިނަ ފަހަރަށް ދެވެނީ ކޮފީއަކަށެވެ.

Ads by Hajj Corporation

ކޮފީތަކަށް ދިޔުން މިފަދަ އާންމުވެފައިވާ ޒަމާނެއްގައި ނ. ހެނބަދޫ "ކެފޭ ސިކްސް ޒީރޯ" އިން ދަނީ ހިލޭ ކޮފީ ދެމުންނެވެ.

އެ ކެފޭގެ ވެރި ފަރާތް ،ހެނބަދޫ ، ވާރޭވިލާ އިބްރާހިމް ރަމީޒް ބުނީ އޭނާ އެ ކެފޭއިން ހިލޭ ކޮފީ ދެނީ އިރު އެރުމުގެ ކުރިން ފަތިސް ނަމާދު ކުރާ މީހުންނަށް ކަމަށެވެ.

"ކޮންމެ މީހަކީ ވެސް ނަމާދަށް ލޯބިކުރާ ބަޔަކަށް ހެދުމަށް ޓަކައި ފެށިކަމެއް މިއީ. އިރު އެރުމުގެ ކުރިން ފަތިސް ނަމާދު ކޮށްގެން އައިސްފި ނަމަ، ހިލޭ ކޮފީ ލިބޭނެ." ރަމީޒް ބުންޏެވެ.

އެތަނުން ލިބެނީ ޕެކެޓު ކޮފީއާއި ކިރު ކޮފީއާއި ކަޅު ކޮފީއެވެ.

"ކެފޭ ސިކްސް ޒީރޯ" ގެ މި ޕްރޮގުރާމް ވަނީ ވަރަށް ވައިގައި ހިފައިފައެވެ. މިކަމުގެ އެއް ހެއްކަކީ ހެނބަދޫގެ ޒުވާނުންގެ ތެރެއިން ރެސޯޓް ތަކުގައި މަސައްކަތްކުރާ ބައެއް ކުދިން ވެސް "އޮންލައިންކޮށް" ކޮފީގައި ބައިވެރިވުން ކަމުގައި މައުލޫމާތު ލިބެއެވެ.

މި ޕްރޮގުރާމް ހިންގުމުގެ އެންމެ އިސް މޭސްތިރިއަކީ އެ ކެފޭގެ މެނޭޖަރު ، އެ ރަށު ބްލޫހެވަން އަހުމަދު ޙަސަންއެވެ. އޭނާއަށް މިކަން ކުރުމުގައި އެންމެ ބޮޑު އެހީތެރިކަމެއް ދެނީ ކެފޭގެ ވެރިޔާ އިބުރާހިމް ރަމީޒްކަން ވެސް ވަނީ އެނގިފައެވެ.

ފަތިސް ނަމާދު ކޮށްގެން ކެފޭއަށް ދާ އަންހެނުންނަށް ވަކިން ޖާގައެއް ހެދުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް ވެސް ރަމީޒް ވިދާޅުވިއެވެ.

ރަމީޒަކީ މީގެ ކުރިން ވެސް މިފަދައިން ހިލޭ ކޮފީ ދިން މީހެކެވެ. އެގޮތުން ވިޔަފާރިއެއްގެ ގޮތުގައި ކެފޭ ހުޅުވުމުގެ ކުރިން، 11 އަހަރު ވަންދެން އޭނާ ވަނީ އެންމެންނަށް ވެސް ހިލޭ ކަޅު ކޮފީ ދީފައެވެ.

ފަތިސް ނަމާދު ކުރުމުން ހިލޭ ކޮފީ ދިނުމުގެ ޕްރޮގްރާމް ރަމީޒު ފަށައިފައި ވަނީ މި މަހުގެ 1 އިން ފެށިގެންނެވެ.

Ads by HDC
  1. ރީމް

    ކަާމިޔާބަށް އެދެއް!

  2. ޖުއައިލް

    އާސަންދައިގެ އުސޫލުންދޯ. ކޮފީ ފްރީ ހެދިކާ އާއި ފެން ކަވަރެއް ނުވޭދޯ. ފ.ފީއަލީގައި ވެސް ދޮންކަނބާ ކިޔާ ހޮޓަލަކުން 2020 ގެ މެދުތެރޭއިން ފެށިގެން ތިފަދަ ހިދުމަތެއްދޭއިރު ރަށުގެ ހުރިހާ ހޮޓަލަކުންވެސް 65 އަހަރުން މަތީމީހުންނަށް ހިލޭ ހެދިކާއާއި އެކު ސައިލިބޭތާ 3 ވަރަކަށް އަހަރަށް ވުރެ ގިނަވެއްޖެ

  3. ހުސައިން

    މާތްﷲ ތިބާއަށްބަރަކާތްލައްވާށި

  4. ޙަގެރ

    ޥަރަށް ފައްކާ