އަލިފުށީގެ ހާލަތު ގޯސް، ފައްސި މީހުންގެ އަދަދު 64އަށް!

ރ.އަލިފުށިން އިތުރު 14މީހުން ކޮވިޑް-19އަށް ފައްސިވެ ޖުމުލަ އަދަދު 64އަށް އަރައިފިއެވެ.
އަލިފުށީ ސިއްހީ މަރުކަަޒުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އެ ރަށުން މިއަދު ފައްސިވެފައި ވަނީ 10 ދިވެހީންނާއި 4 ބިދޭސީންނެވެ.
އަލިފުށީގައި ކޮވިޑް ފެތުރެމުން ދިއުން ހުއްޓުވުމަށް ޓަކައި ރަށް ހަތަރު ބަޔަކަށް ބަހައިލައިގެން، ސޯޝަލް ސަޕޯޓު ޑެސްކުން އަންނަނީ ރަށުގެ ރައްޔިތުންނަށް އެކި ކަހަލަ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. މިގޮތަށް މިކަން ކުރުމުގެ މަޤުސަދަކީ މީހުން ގޭގައި ތިބުމަށް ބާރު އެޅުމާއި، އެހީތެރިކަން ފޯރުކޮށްދިނުމެވެ.
ރ. އަލިފުށިން ކޮވިޑްގެ ފައްސި ވޭދަނައެއް އެންމެ ފުރަތަމަ ނުނު ހިސާބުން ރަށަށް އަރައިފޭބުން މަނާ ކުރެވި ރަށް ވަނީ މޮނިޓަރިންގެ ހާލަތަށް ލެވިފައެވެ. އަދި ޓާސްކް ފޯހާއި، ސިއްހީ މަރުކަޒުގެ އިތުރުން ރަށު ކައުންސިލުން ދަނީ ރަށުގައި ކޮވިޑްގެ ވޭދަނަތައް އިތުރުވިޔަ ނުދިނުމަށް ޓަކައި މަސައްކަތް ކުރަމުންނެވެ.
އަލިފުށީގެ ރައްޔިތުންނަށް ކެއްތެރިކަން ދެއްވާށި. އާމީން