Friday, 6 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ށ.ކަނޑިތީމުން އިތުރު 11 މީހުން ފައްސިވެއްޖެ

ށ.ކަނޑިތީމުން އިތުރު 11 މީހުން ފައްސިވެއްޖެ

ކަނޑިތީމުން އިތުރު 11 މީހުން ކޮވިޑް-19އަށް ފައްސިވެއްޖެއެވެ.

ކަނޑިތީމު ހެލްތު ސެންޓަރުން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އެ ރަށުން ނެގުނު 122 ސުންކުގެ ތެރެއިން 81 ސުންކުގެ ނަތީޖާ ނައްސިވެފައި ވެއެވެ. އެ ރަށުން ބަލި ޖެހުނު މީހުންގެ އަދަދަކީ 122 އެވެ. އަދި އެކްޓިވް ކޭސްތަކުގެ އަދަދަކީ 81 އެވެ.

އެ ރަށުގައި މިހާރު ޖުމްލަ 865 ގެއެއް ވަނީ ކަރަންޓީނު ކުރެވިފައެވެ. މިހައިތަނަށް 1106 ސުންކެއް ނެގުނު އިރު 951 ސުންކުގެ ނަތީޖާ ނައްސިވެފައިވާކަމަށް ވެސް ހެލްތު ސެންޓަރުން މައުލޫމާތުދެއެވެ.

Advertisement
Ooredoo — Square (box)

ރަށަށް އަރައި ފޭބުން މަނާކޮށްފައިވާ ކަނޑިތީމުގައި ކޮންޓެކްޓް ޓްރޭސިންގެ މަސަައްކަތް މިހާރު ދަނީ ކުރިއަށެވެ. އެ މަސައްކަތް ނިމެންދެން އެ ރަށުގެ ކެފޭ، ރެސްޓޯރެންޓްތައް ވެސް ވަނީ ބަންދުކޮށްފައެވެ.

އަތޮޅުތަކުގެ ގިނަ ރަށްރަށުގައި މިހާރު ވަނީ ކޮވިޑް ބަލި ފެތުރިފައެވެ. 70އަށް ވުރެ ގިނަ ރަށް އޮތީ މޮނިޓަރިން ހާލަތުގައެވެ. ވެރިރަށް މާލޭގައި ވެސް ހަލުވިކަމާ އެކު ދުވަހެއް ދުވަހަކަށް ދަނީ ބަލި ފެތުރެމުންނެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް