އައްސޭރި ޖަލަށް ވައްދަން އުޅުނު މަސްތުވާތަކެއްޗާއި ފޯނުތަކެއް ހޯދައިފި
 
                                                    އައްސޭރިޖަލަށް ވައްދަން އުޅުނު މަސްތުވާތަކެއްޗާއި ފޯނުތަކެއް އަތުލައިގެންފިއެވެ.
ކޮމިޝަނަރ އޮފް ޕްރިޒަންސް މުހައްމަދުފުޅު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރޭ ލިބުނު މައުލޫމާތަކާ ގުޅިގެން އައްސޭރި ޖަލުގެ އޮފިސަރުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއި ފޯނުތަކެއް ހޯދިފައިވާ ކަމަށެވެ.
އެތަކެއްޗަކީ ޖަލަށް ވައްދަން ޕޮޓު ކޮށްފައިވާ ތަކެތި ކަމުގައި ވެސް އޭނާ ވިދާޅުވެއެވެ. އަދި އެތަކެތި މިހާރު ވަނީ ފުލުހުންނާ ހަވާލު ކުރެވިފައި ކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ.
މީގެކުރިން ކަރެކްޝަނަލް ސާވިސްގެ އޮފިސަރުން ޖަލުތަކުގައި ހިންގާ އޮޕަރޭޝަންތަކުގައި ގިނަ އަދަދެއްގެ ފޯނުތަކާއި މަސްތުވާތަކެއްޗާއި ސިމް ކާޑާއި ޗާޖަރު ފަދަ ތަކެތި ހޯދައިފައިވެއެވެ.
 
  Ads by HDC
 
 
 
            
                     
            
                     
            
                     
            
                    
 
		
 
		
 
		
 
		
