Thursday, 5 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ފީއަލީން ދެއްކީ ނަމޫނާއެއް: ފުރަބަންދާއެކު ވޭދަނަތަކުގެ އަދަދު ދަށަށް!

ފީއަލީން ދެއްކީ ނަމޫނާއެއް: ފުރަބަންދާއެކު ވޭދަނަތަކުގެ އަދަދު ދަށަށް!

ފ. ފީއަލީގައި ހަލުވިކަމާ އެކު ކޮވިޑް-19 ފެތުރެމުން ދާތީ އެރަށުގައި ފިޔަވަޅުތައް ހަރުކަށިކޮށް ފުރަބަންދު އިއުލާން ކުރުމުން، އެރަށުގައި ކޮވިޑް ވޭދަނަތައް މަދުވާން ފަށައިފިއެެވެ.

ފީއަލީ ކައުންސިލްގެ ރައީސް މޫސާ އަހުމަދު "ދެން"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ރަށުގައި ފުރަބަންދު އިއުލާން ކުރުމާ އެކު ރަށުން ކޮވިޑް ފެންނަ މިންވަރު މަދުވަމުން އަންނަ ކަމަށެވެ.

ފ. ފީއަލީގައި ކޮވިޑް-19ގެ ހާލަތު ގޯސްވުމާ ގުޅިގެން، އެ ރަށުގައި އެންމެ ފުރަތަމަ ފުރަބަންދު އިއުލާން ކޮށްފައި ވަނީި ނިމިދިޔަ މޭ މަހު 15 ވަނަ ދުވަހުއެވެ. އަދި އެއަށް ފަހުގައި ވެސް އެރަށުގައި ކޮވިޑް-19ގެ ވޭދަނަތައް އިތުރުވަމުން ދިއުމާ ގުޅިގެން، މޭ މަހުގެ 23 ވަނަ ދުވަހު އަނެއްކާ ވެސް ފުރަބަންދުގެ މުއްދަތު ވަނީ އިތުރު ކޮށްފައެވެ.

Advertisement
Allied Insurance — Square (box)

ފީއަލީގައި ހެނދުނު 9:00 އިން ފެށިގެން ފަތިހު 4:00 އަށް ބޭރުގައި އުޅުން ވަނީ މަނާކޮށްފައެވެ. ކެފޭ/ހޮޓާ/ރެސްޓޯރަންޓު ފަދަ ތަންތަން ބަންދުކޮށް ޓޭކްއަވޭއާއި ޑެލިވަރީގެ ޚިދުމަތް ދޭ ގޮތަށް އެ ރަށުގައި ވަނީ ހަމަޖައްސައިފައެވެ. އަދި ޕާކުތަކާއި މައިޒާނުތައް ބަންދުކޮށް، ކުޅިވަރު ހަރަކާތްތައް ބޭއްވުން ވެސް ވަނީ މެދުކަނޑައިލައިފައެވެ.

ފ. ފީއަލީގެ އާބާދީގެ ގާތްގަނޑަކަށް ދެބައިކުޅައެއްބައި މީހުން ކޮވިޑް-19އަށް ފައްސިވެ ރަށް ފުރަބަންދު ކުރެވުނު އިރު ރަށުގެ ރައްޔިތުން ވަނީ ނަމޫނާ ދައްކައިފައެވެ. މި ނާޒުކު ދަނޑިވަޅުގައި ވެސް ރަށުގެ ރައްޔިތުން ވަނީ، ކައުންސިލުން އެޅި ފިޔަވަޅުތަކަށް ކަމޭ ހިތައި ރަށުގައި ކޮވިޑް ފެތުރުން މަދު ކުރުމަށް ގަދައަޅައި މަސައްކަތް ކޮށްފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް