ޚަބަރު

އެންދަމަން ފައިބައިގެން އުޅުނު މީހަކު ކުއްލި ގޮތަކަށް ނިޔާވެއްޖެ

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ގއ. ދެއްވަދޫ ކައިރިއަށް އެންދަމަން ފައިބާ އުޅުނު މީހަކު ކުއްލިގޮތަކަށް ނިޔާވެއްޖެއެވެ.

Ads by MWSC

ދެއްވަދޫ ކައުންސިލްގެ ނައިބު ރައީސް އަހުމަދު ފަޒްހާދު "ދެން"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އެ ރަށް ކައިރިން އެންދަމަން އުޅުނު މީހަކު ނިޔާވެފައި އޮއްވާ ފެނިގެން އެ ރަށަށް ގެންނަ ކަމަށް ފުލުހުން މައުލޫމާތު ދެއްވީ ރޭ ފަތިހު ކަމަށެވެ. އަދި ރަށަށް ހަށިގަނޑު ގެނެވުމާ އެކު ދެއްވަދޫ ސިއްހީ މަރުކަޒަށް ގެންދިޔަ ކަމަށް އޭނާ ވިދާޅުވިއެވެ.

އަޒްހަދު އިތުރަށް ވިދާޅުވީ ނިޔާވި މީހާއަކީ އައްޑޫ މީހެއް ކަމަށާއި އެމީހާގެ އާއިލާގެ އެދުމުގެ މަތިން މިއަދު ހެނދުނު ގާތްގަނޑަކަށް 8:30 ހާއިރު ހަށިގަނޑު އައްޑޫއަށް ފޮނުވައިލެވުނު ކަމަށެވެ.

މިކަމާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް "ދެން"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ނިޔާވެފައި ވަނީ ސ. ހިތަދޫ މޯހިރު ދޯނިން އެންދަމަން ފައިބާ އުޅުނު ހދ. ވައިކަރަދޫ/ ކަސްތޫރިގޭ މުޙައްމަދު ރަޝީދު (59އ.) ކަމަށެވެ. އޭނާ ނިޔާވެފައި އޮއްވާ ފުލުހުންނަށް ފެނުނީ ރޭ ފަތިހު ގާތްގަނޑަކަށް 3:40 ގައި ކަމަށެވެ. މިކަމާ ގުޅިގެން ފުލުހުން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމުގައި ވެސް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!