ޚަބަރު

ޓެސްޓު ނުކޮށްދޭ ކަމުގެ އެއްވެސް ޝަކުވާއެއް ނުލިބޭ: އަލިފުށި ކައުންސިލް

ދެން އެމްވީ ، ދެން އޮންލައިން

އަލިފުށީގައި އަލާމާތްތައް ފެނުމުން ވެސް ކޮވިޑަށް ޓެސްޓު ނުކުރާ ކަމަށް ބުނާ ވާހަކައަކީ ތެދު ވާހަކަތަކެއް ނޫން ކަމަށާއި، އަލިފުށި ސިއްހީ މަރުކަޒުން ވެސް އަދި އެއްވެސް ރައްޔިތެއްގެ ފަރާތުން ވެސް އެފަދަ އެއްވެސް ޝަކުވާއެއް ލިބިފައި ނުވާ ކަމަށް އަލިފުށީ ކައުންސިލުން ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

އަލިފުށި ކައުންސިލް މެމްބަރު އިބްރާހިމް ޒަހީން "ދެން"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ސިއްހީ މަރުކަޒާއި އަލިފުށި ކައުންސިލުން މަސައްކަތް ކުރަމުން އަންނަނީ ވަރަށް ގުޅިގެން ކަމަށާއި، ޓެސްޓު ހެދުމުގައި އެއްވެސް އުނދަގުލެއް އަދި ދަތިތަކެއް ވެސް ކުރިމަތިވާ ކަމަށް ޝަކުވާ ނުލިބޭ ކަމުގައެވެ.

މިފަދަ ބިރުވެރި ދަނޑިވަޅެއްގައި ރަށް މޮނިޓަރިންއަށް ލެވިފައިވާ ހާލު ސިއްހީ މަރުކަޒުން ފޯރުކޮށްދެމުން އެ އަންނަ ހިދުމަތްތަކަކީ ރަށަކަށް ފޯރުކޮށްދެވޭނެ އެންމެ ފުރިހަމަ ހިދުމަތް ކަމުގައި ޒަހީން ފާހަގަ ކުރެއްވިއެވެ. އަދި ޒަހީން ވިދާޅުވީ، ސުންކުތައް ނެގިފައި ހުރި ނަމަވެސް ނަތީޖާ ނުލިބި ހުރުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

މީގެ އިތުރުން ރަށުގެ އެއްވެސް ރައްޔިތެއްގެ ފަރާތުން ވެސް އަދި އެހެން އެއްވެސް ފަރާތަކުން ރަސްމީ ސިފައެއްގައި އެ އިދާރާއަށް އެކަމާ ގުޅިގެން އެއްވެސް ޝަކުވާއެއް ލިބިފައި ނުވާ ކަމުގައި ޒަހީން ވިދާޅުވިއެވެ.

ޒަހީން ވިދާޅުުވީ، އަލިފުށްޓަކީ ބަހަށް ކަމޭ ހިތާ، ބަސް ގަބޫލު ކުރާ ރައްޔިތުންތަކެއް ދިރިއުޅޭ ރަށެއް ކަމަށެވެ. މި ނުރައްކާތެރި ދަނޑިވަޅުގައި ވެސް ރަށުގައި ހެދިފައިވާ އުސޫލުތަކާއި ގަވައިދުތަކަށް ރައްޔިތުން ފުރިހަމައަށް ބޯލަނބައިކަން ޒަހީން ފާހަގަ ކުރެއްވިއެވެ. ޒަހީން އިތުރަށް ވިދާޅުވީ، އެއްވެސް ރައްޔިތަކު ޒަރޫރީ ބޭނުމެއްގައި ގެއިން ބޭރަށް ނިކުންނަށް ބޭނުންވި ނަމަވެސް، ގެއިން ނުކުންނަނީ ކަމާބެހޭ އިދާރާގެ ހުއްދަ ލިބުމަށް ފަހުގައި ކަމަށެވެ.

Ads by Ooredoo
  1. ފުށި

    ޝަކުވާ ކުރޭ. ހަމަ ޓެސްޓު ކުރަން ބުނާ އިރަށް ބުނާނެ އަދި އެވަރަކަށް ބައްޔެއް ނޫނޭ.

  2. ާަަަާޢިބުރާހިމް

    ފަރުވާ ވަރައްކުޑަ

  3. ާިަައަލިފު

    ހުސް ދޮގު އަލާމާތް ފެންނަތާ 3،4 ދުވަސްވާއިރު އަދި ޓެސްޓް ހަދައި ނުދޭ ޓެސްޓް ހެދޭއިރު ގޭގަ ދެން ތިބޭ ބަޔަކު ތިބެނީ ފައްސި ވެފަ.އޭރު އެކަށީގެން ވާވަރަށް ކިޓް ވެސް ނެތްކަމަށްވަނީ