މެދުއިރުމަތި ދުނިޔެ

ހަމާސްގެ އިންޒާރާއެކު އިސްރާއީލް "ސައިޒް" ވެއްޖެ

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

އިސްރާއީލުން ހިފައިފައިވާ އިރުމަތީ ޤުދުސްގައި މާދަމާ ބޭއްވުމަށް އިސްރާއީލްގެ ޔަހޫދީ ވަޒަންވެރިން ރޭވި "ފްލެގް މާޗް" ހަމާސްއިން އިންޒާރުދިނުމުން ކެންސަލްކޮށްފިއެވެ.

Ads by Sosun Fihaara

ފަލަސްތީނުގެ ބިމުގައި ވަޒަންވެރިވެގެން އުޅޭ އިސްރާއީލްގެ ޔަހޫދީން ނިންމައިފައި އޮތީ މާދަމާ އިސްރާއީލްގެ ދިދައާއެކު، އިރުމަތީ ޤުދުސްގެ މަގުތަކުގައި ހިނގާލުމެއް ބޭއްވުމަށެވެ. މި ހިނގާލުން ރާވައިފައި އޮތީ، އިރުމަތީ ގުދުސްގައި އެންމެ ގިނައިން، ޔަހޫދީ ވަޒަންވެރިންނާއި ފަލަސްތީނު މީހުންނާ ދެމެދު ކުރިމަތިލުންތައް ހިނގާ ސަރަހައްދުތަކުގެ ތެރެއިން ކުރިއަށް ގެންދާ ގޮތަށެވެ.

"ބާބޫލް އާމޫދު" އިން ފެށިގެން ކުރިޔަށް ގެންދިއުމަށް ނިންމި މި ހިނގާލުމަށް އިސްރާއީލުގެ ސިފައިން ފުރަތަމަ ހުއްދަ ދިން ނަމަވެސް ސަރުކާރުން ފަހުން ވަނީ އެ ހަރަކާތް ކުރިއަށް ނުގެންދިޔުމަށް ހަރަކާތް އިންތިޒާމް ކުރާ ފަރާތްތަކަށް އަންގައިފައެވެ. މިގޮތަށް އަންގައިފައި ވަނީ ފަލަސްތީނުގެ ދިފާޢުގައި ހަނގުރާމަކުރަމުންދާ ޣައްޒާގައި ވެރިކަން ކުރަމުން އަންނަ ހަމާސް ޖަމާއަތުގެ އިންޒާރާއެކުގައެވެ.

ހަމާސްއިން ބުނެފައި ވަނީ ، އިސްރާއީލުން ބާއްވަން ނިންމައިފައިވާ ހިނގާލުން ކުރިޔަށް ގެންދާނަމަ އެއީ ރަތް ރޮނގު ހުރަސް ކުރެވުނީ ކަމަށެވެ. އަދި އަލްމަސްޖިދުލް އަގްސާގެ ގޯތިތެރޭގައި މިފަދަ ހިނގާލުމެއް ބޭއްވިގެން ނުވާނެ ކަމަށާއި ބާއްވައިފިނަމަ އެކަމުގެ ހިތި އިސްރާއީލަށް ލިބޭނެ ކަމަށް ހަމާސްއިން އިންޒާރު ކުރިއެވެ.

ހަމާސްގެ ބަޔާނާ އެކު، އިސްރާއީލުގެ ފުލުހުން ވަނީ މި ހިނގާލުން ނުބޭއްވޭނެ ކަމަށް ބުނެ ބަޔާނެއް ނެރެފައެވެ. މިގޮތުން ބުނެފައި ވަނީ މިހާރުގެ ހާލަތަށް ބަލައި، މި ހިނގާލުން ބޭއްވުން ރައްކާތެރި ނޫން ކަމަށެވެ. ފުލުހުންގެ މި ނިންމުމާ ގުޅިގެން، ހަރުކަށި ކަނާތު ފިޔައިގެ ދީނީ ޖަމާއަތްތައް ދަނީ، ހަމާސްގެ އިންޒާރުތަކަށް އިޒްރޭލު ފުލުހުން ބިރުގަންނަނީތޯ ސުވާލުކޮށް، ސޯޝަލް މީޑިއާގައި އިޒްރޭލު ސަރުކާރަށް ފާޑު ކިޔަމުންނެވެ. އަދި ހަމާސްގެ އިންޒާރާއެކު އިސްރާއީލް "ސައިޒް" ވި ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

ހަމާސް ޖަމާޢަތާއި އިސްރާއީލްއާ ދެމެދު މިދިޔަ މަހުގެ ތެރޭގައި ކުރިމަތިލުންތަކެއް ހިނގާ ފަލަސްތީނުގެ ކުޑަކުދިން ހިމެނޭހެން ގިނަ ބަޔަކު ވަނީ ޝަހީދުވެފައެވެ. އަދި ހަމާސްގެ ހަމަލާތަކުގެ ސަބަބުން އިސްރާއީލަށް ވެސް ބޮޑެތި ގެއްލުންތަކެއް ވަނީ ވެފައެވެ.

  1. އާކިފް

    އަދި ފަލަސްތީން ބިން ލިބޭނެއް ބަލައްޗެއް

  2. އިސްރާއިލްއަށް ލިބުނީ ކޮން ބޮޑު ގެއްލުމެއްތޯ؟