Friday, 6 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ދަރުމަވަންތައިގެ 15 ވަނަ ފަންގިފިލާ ވެސް ކޮވިޑަށް ފަރުވާ ކުރުމަށް!

ދަރުމަވަންތައިގެ 15 ވަނަ ފަންގިފިލާ ވެސް ކޮވިޑަށް ފަރުވާ ކުރުމަށް!

ކޮވިޑް-19އަށް ފަރުވާ ދިނުމަށް ޚާއްސަކޮށް، ދަރުމަވަންތަ ހޮސްޕިޓަލުގެ 15 ވަނަ ފަންގިފިލާ ބޭނުން ކުރަން ނިންމައިފިއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރ(އެޗްއީއޯސީ) އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު، މަބްރޫކު އަބްދުލްއަޒީޒް ވިދާޅުވީ، އައިޖީއެމްއެޗް ހިޔަލަ ވިންގުގައި ކޮވިޑް ބައްޔަށް ފަރުވާ ދެމުން ދިޔަ ނަމަވެސް މިހާރު ހިޔަލަ ވިންގުގައި ކޮވިޑް ބަލިޖެހޭ މީހުންނަށް ފަރުވާ ނުދޭ ގޮތަށް ނިންމާފައިވާ ކަަމަށާއި، ދަރުމަވަންތަ ހޮސްޕިޓަލުގެ 15 ވަނަ ފަންގިފިލާ ކޮވިޑަށް ފަރުވާދޭން ޚާއްސަ ކުރެވިފައި ވާ ކަމަށެވެ.

ދަރުމަވަންތަ ހޮސްޕިޓަލުގެ 15 ވަނަ ފަންގިފިލާ ކޮވިޑް ބައްޔަށް ފަރުވާ ދިނުމަށް ބޭނުން ކުރަން ހަމަޖެއްސި އިރު މިހާރު ވެސް އެ ހޮސްޕިޓަލުގެ 16، 17 އަދި 11 ވަނަ ފަންގިފިލާ ބޭނުން ކުރަނީ އެކަމަށެވެ.އެ ގޮތުން 11 ވަނަ ފަންގިފިލާއަކީ ހާއްސަކޮށް އައިސީޔޫގެ ގޮތުގައި ބޭނުން ކުރާ ފަންގިފިލާއެވެ.

Advertisement
Allied — Dhen Online (box)

އައިޖީއެމްއެޗުގައި މިހާރު ކޮވިޑަށް ފަރުވާ ހޯދާ ޖުމުލަ 97 މީހަކު އެޑްމިޓު ކޮށްގެން ފަރުވާ ދެމުންދާއިރު، އޭގެތެރޭގައި 13 މީހަކަށް ފަރުވާ ދެނީ އައިސީޔޫގައެވެ. އަދި 6 މީހަކަށް ފަރުވާ ދެނީ ވެންޓިލޭޓަރުގައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް