Monday, 2 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ރާއްޖޭގެ ލައިސެންސް ރާއްޖެއިން ބޭރުގައި ވެސް ބޭނުންކުރެވޭ ގޮތް ހަދަނީ

ރާއްޖޭގެ ލައިސެންސް ރާއްޖެއިން ބޭރުގައި ވެސް ބޭނުންކުރެވޭ ގޮތް ހަދަނީ

ރާއްޖޭގެ ޓްރާންސްޕޯޓު މިނިސްޓްރީން ދޫކުރާ އެއްގަމު އުޅަނދު ދުއްވުމަށް ދޫކުރާ ލައިސެންސް ރާއްޖެއިން ބޭރު ގައުމުތަކުގައި ވެސް ބޭނުން ކުރެވޭ ގޮތް ހެދުމަށް ބައިނަލްއަގުވާމީ ދެ މުއާހަދާއެއްގައި ބައިވެރިވުމަށް ރައްޔިތުން މަޖިލީހުން ރުހުން ދީފިއެވެ.

ރާއްޖެއިން ބައިވެރިވާ ބައިނަލްއަގުވާމީ ދެ މުއާހަދާއަކީ، "ވިއެނާ ކޮންވެންޝަން އޮން ރޯޑް ޓްރެފިކް 1968" އާއި "ވިއެނާ ކޮންވެންޝަން އޮން ރޯޑް ސައިން އެންޑް ސިގްނަލްސް 1968" އެވެ. މި ދެ މުއާހަދާގައި ބައިވެރިވުމަށް ރުހުން ހޯދަން ރައީސް ޞާލިހު، ރައްޔިތުން މަޖިލީހަށް ފޮނުއްވީ، މާރޗު މަހު 15 ވަނަ ދުވަހުއެވެ.

ރައީސްގެ މި ހުށަހެޅުއްވުމަށް ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީން އޮތީ ރުހުން ދީފައެވެ.

Advertisement
Ooredoo — Truecaller (box)

އެކަމާ ގުޅިގެން މިއަދު މަޖިލީހުހެ ތަޅުމުގައި ފެންނަ ކަމަށް 48 މެމްބަރަކު ވޯޓު ދެއްވިއިރު، ނުފެންނަ ކަމަށް އެއްވެސް މެމްބަރަކު ވޯޓު ނުދެއްވައެވެ.

ބައިނަލްއަގުވާމީ މި ދެ މުއާހަދާގައި ބައިވެރިވުމުން އެ ގައުމެއްގައި ބޭނުން ކުރާ ލައިސެންސް އެއް ގައުމުން އަނެއް ގައުމުގައި ވެސް ބޭނުން ކުރެވޭނެއެވެ. އަދި މި ދެ މުއާހަދާގައި ބައިވެރި ވުމުން މެންބަރު ހުރިހާ ގައުމެއްގައި މަގުމަތީގައި ބޭނުންކުރާ ނިޝާންތައް ބައިނަލްއަގުވާމީ މިންގަނޑަށް ފައްތައި އެއް މިންގަނޑަކަށް ބަދަލުކުރަން ޖެހޭނެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް