Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ޔާމީން ސަރުކާރުގައި ކޫއްޑޫ އެއާޕޯޓު ބޭރުގެ ކުންފުންޏަކަށް ދިނުމަކީ ރަނގަޅު ނިންމުމެއް: މިނިސްޓަރ ފައްޔާޒް

ޔާމީން ސަރުކާރުގައި ކޫއްޑޫ އެއާޕޯޓު ބޭރުގެ ކުންފުންޏަކަށް ދިނުމަކީ ރަނގަޅު ނިންމުމެއް: މިނިސްޓަރ ފައްޔާޒް

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް ސަރުކާރުގައި ކޫއްޑޫ،އެއާޕޯޓު 100 އިންސައްތަ ބޭރުގެ ކުންފުންޏަކަށް ދިނުމަކީ ރަނގަޅު ނިންމުމެއް ކަމަށް ޤަބޫލުފުޅު ކުރައްވާ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

ބޭރުގެ ފަރާތްތަކަށް އެއާޕޯޓް ހިންގޭ ގޮތަށް ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީ (އެފްޑީއައި) އިސްލާހުކޮށް އިއްޔެ އަމަލުކުރަން ފެށިއިރު އެ ޕޮލިސީގައި އެއާ ޓްރެފިކް ކޮންޓްރޯލް ވެސް އިންވެސްޓުކުރާ ބޭރުގެ ކުންފުންޏަށް ލިބޭތީ ބައެއް މީހުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އެކަންބޮޑުވުންތަކާ ގުޅިގެން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ފައްޔާޒު ވިދާޅުވީ ދިވެހި ސަރުކާރުން ހިންގަމުންދާ އެއްވެސް އެއާޕޯޓެއް ޕްރައިވަޓައިޒް ކުރުމުގެ އެއްވެސް ވިސްނުމެއް ސަރުކާރުގެ ނެތް ކަމަށެވެ.

Advertisement
Ooredoo — Truecaller (box)

"ގެއްލުމުގައި ގިނަ އެއާޕޯޓުތައް މި ހިންގަނީ، އެތަންތަން ވެސް ޕްރައިވަޓައިޒް ކުރުމުގެ ވިސްނުމެއް ނެތް. އަލަށް ހަދާ އެއާޕޯޓުތައް ހެދުމަށް އަޅުގަނޑުމެން ޓެންޑަރަށް ހުޅުވާލައިގެން ބޭރުގެ ފަރާތްތަކުން އެބަހުރި އެތަންތަން ތަރައްޤީ ކުރުމުގެ ޝައުޤުވެރިކަން ހާމަކޮށްފަ. އަދި ޚާއްސަކޮށް އެކަމަށް ހުށަހަޅާފައި ވަނީ ދިވެހި ރާއްޖޭގައި މިހާރު ވެސް ހިމެނޭ (ފަތުރުވެރިކަމާ ގުޅުން ހުރި ދާއިރާގައި) ބައެއް ބޭފުޅުން. މިސާލަކަށް ކޫއްޑޫ. ރައީސް ޔާމީން ސަރުކާރުގައި ކޫއްޑޫ 100% ބޭރު ކުންފުންޏަކަށް ދިނުން އަޅުގަނޑު ޤަބޫލު ކުރާ ގޮތުގައި އެއީ ރަނގަޅު ނިންމުމެއް" މިނިސްޓަރ ފައްޔާޒް ވިދާޅުވިއެވެ.

އިކޮނޮމިކް މިނިސްޓަރ އިތުރަށް ވިދާޅުވީ ކޫއްޑޫ އެއާޕޯޓު ކާމިޔާބު ކަމާ އެކު ކުރިއަށް ދާ ކަމަށާއި ދައުލަތުން އެތަނަށް ސަބްސިޑައިޒް ކުރަން ނުޖެހޭ ކަމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް