ޚަބަރު

އެމްޑީޕީ ވެރިކަމެއް ނަމަ އަނދިރި ދައުލަތް ފާޅުވޭ: ޝިފާއު

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

އެމްޑީޕީ ވެރިކަމެއް އޮންނަ ކޮންމެ ފަހަރަކު ވެސް އަނދިރި ދައުލަތް ފާޅުވާ ކަމަށް އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ވިދާޅުވެއްޖެއެވެ.

Ads by STELCO

ޝިފާއު މިހެން ވިދާޅުވީ މުސްލިމަކާ ދިމާއަށް ކާފަރެކޭ ބުނުން ކުށަކަށް ހަދަން ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ހުށަހެޅުއްވި ބިލަށް މިއަދު މަޖިލީހުގައި ކުރި ބަހުސްގެ ތެރެއިންނެވެ. އެގޮތުން ޝިފާއު ވިދާޅުވީ އެމްޑީޕީ ވެރިކަމެއް އަންނަ ކޮންމެ ފަހަރަކު ވެސް ހަރުކަށި ފިކުރުގެ މީހުން އިތުރުވެ އަނދިރި ދައުލަތް ފާޅުވެ ހަރަކާތްތެރި ވަނީ އެއްވެސް ސަބަބެއް ނެތި ނޫން ކަމަށެވެ.

ޝިފާއު އިތުރަށް ވިދާޅުވީ، ދިވެހިން ކުރިއަރުވަން ބޭނުން ވަނީ އިސްލާމް ދީނުގެ މަތިވެރި ހުދޫދުތަކާއި އެ މިންގަޑުތައް ކަމަށާއި، އެ މިންގަނޑުތައް ކަށަވަރުކުރުމަށް ޓަކައި ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމުގައި ފަސް ނުޖެހޭނެ ކަމަށެވެ. އަދި އެ ގޮތަށް އެވާހަކަ ދެއްކުމުން އެކި ކަހަލަ ބިރު ދައްކާނެ ކަމަށާއި، މީސްމީޑިއާގެ ޒަރިއްޔާއިން މަރާލާނެ ކަމުގެ އިންޒާރު ވެސް ލިބޭނެކަން އެނގިލައްވާ ކަމަށް ވެސް ޝިފާއު ފާހަގަ ކުރެއްވިއެވެ.

ރައްޔިތުން މަޖިލީހުގައި މިއަދު ކުރިއަށް ދިޔަ ބަހުސްގައި ވާހަކަ ދައްކަވަމުން ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ވެސް ވިދާޅުވީ ދިވެހި ދައުލަތުގެ ތެރޭގައި އަނދިރި ވެރިކަމެއް ހިންގުމުގެ ފުރުސަތު ނުދެއްވާނެ ކަމަށެވެ.

އެމްޑީޕީގެ ގިނަ މެމްބަރުން ދެކެވަޑައިގަންނަވާ ގޮތުގައި މިދިޔަ މަހު ހަ ވަނަ ދުވަހު ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދުު ނަޝީދަށް ދިން ބޮމުގެ ހަމަލާގެ ފަހަތުގައި ވަނީ އަނދިރި ދައުލަތެކެވެ.

Ads by Ooredoo
  1. ޖަޑިބު

    ލާދީނީ އެމްޑީޕީ ވެރިކަމަށް އަންނައިރަށް ލާދީނިއްޔަތުކަން ފާޅުވޭ.