Friday, 6 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ހަލީމް އަދާލަތަށް: ކޯލިޝަނުން ހަދާ ބިލްތަކަށް ތާއީދު ނުކުރެވެންޏާ ކޯލިޝަނުން ވަކިވާންވީނޫންތޯ؟

ހަލީމް އަދާލަތަށް: ކޯލިޝަނުން ހަދާ ބިލްތަކަށް ތާއީދު ނުކުރެވެންޏާ ކޯލިޝަނުން ވަކިވާންވީނޫންތޯ؟

ކޯލިޝަން ސަރުކާރުން ހުށައަޅާ ބިލުތައް ވާނީ ކޯލިޝަންގެ ހުރިހާ ބައިވެރިންގެ ތާއިދު އޮންނަ ބިލަކަށް ކަމަށް ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް ވިދާޅުވެއްޖެއެވެ.

ގާނޫނުލް އުގޫބާތުގައި ހިމެނޭ ނަފްރަތުގެ އަމަލު ހިންގުމުގެ ބަޔަށް މާއްދާއެއް އިތުރު ކުރުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ހުށަހަޅުއްވައިފައިވާ ބިލް މަޖިލީހަށް ހުށަހެޅުއްވީ އަދާލަތު ޕާޓީއާ މަޝްވަރާ ކުރުމަށްފަހުގައި ކަމަށް ބުނެ ދެކެވޭ ވާހަކަތައް އެ ޕާޓީން ދޮގުކުރުމާ ގުޅިގެން ހަލީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބިލްތަކަށް ތާއީދު ނުކުރެވެންޏާ ކޯލިޝަނުން ވަކިވާންވީ ކަމަށެވެ.

"ކޯލިޝަން ސަރުކާރުން ހުށައަޅާ ބިލުތައް ވާނީ ކޯލިޝަންގެ ހުރިހާ ބައިވެރިންގެ ތާއީދު އޮންނަ ބިލަކަށް. ނޫނީ ކޯލިޝަނުން ވަކިވާންވީ ނޫންތޯ" ހަލީމްގެ ޓްވީޓްގައި ވިދާޅުވިއެވެ.

Advertisement
Allied — Dhen Online (box)

ނަފުރަތުގެ އަމަލުތަކަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅަން ކަމަށް ވިދާޅުވެ ސަރުކާރު ހިންގާ އެމްޑީޕީއަށް ނިސްބަތްވާ މެމްބަރު ހިސާން ހުށަހެޅުއްވި މި ބިލްގެ އިބްތިދާއީ ބަހުސް ނިންމައި އެ ބިލު ބަލައިގަތުމާ ގުޅޭ ގޮތުން އިއްޔެ މަޖިލީހުގެ ތަޅުމުގައި ނެގި ވޯޓުގައި ފެންނަ ކަމަށް 38 މެމްބަރަކު ވޯޓު ދެއްވިއެވެ. އަދި ނުފެންނަ ކަމަށް ވޯޓު ދެއްވީ 17 މެމްބަރުންނެވެ. މިއާއެކު އެ އިސްލާހު ވަނީ މަޖިލީހުގެ ޖުޑީޝަލް ކޮމިޓީއަށް ފޮނުވައިފައެވެ.

ތުޅާދޫ ދާއިރާގެ މެންބަރު ހުށަހަޅުއްވައިފައިވާ ބިލް މަޖިލީހަށް ހުށަހެޅުއްވީ އަދާލަތު ޕާޓީއާ މަޝްވަރާ ކުރުމަށް ފަހުގައި ކަމަށް ބުނެ ދެކެވޭ ވާހަކަތައް އެ ޕާޓީން ދޮގުކޮށް ކުރި ޓްވީޓެއްގައި ބުނީ ގާނޫނުލް އުގޫބާތަށް މާއްދާއެއް އިތުރު ކުރަން ހުށަހަޅައިފައިވާ ބިލު މަޖިލީހަށް ހުށަހެޅުމުގައި އެ ޕާޓީއާ އެއްވެސް ސިފައެއްގައި މަޝްވަރާ ކުރެވިފައި ނުވާ ކަމަށެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް