ޚަބަރު

ރާއްޖެ އިޝްތިހާރުކުރުމަށް ރަޝިއާގައި ފޮޓޯ މައުރަޒެއް

ރައުފާ ރަޝީދު ، ދެން އޮންލައިން

ރަޝިއާގައި ރާއްޖެ އިޝްތިހާރުކުރުމަށް ވިޒިޓް މޯލްޑިވްސްއިން ފޮޓޯ މައުރަޒެއް ފަށައިފިއެވެ.

Ads by Sosun Fihaara

ވިޒިޓް މޯލްޑިވްސްއިން މި އިވެންޓް ފަށައިފައި ވަނީ ނެޝަނަލް ޖިޔޮގްރަފިކް ރަޝިއާއާ ގުޅިގެންނެވެ. މި ފޮޓޯ މައުރަޒު ރަޝިޔާގެ 2 ސިޓީއެއްގައި ކުރިއަށް ދާނެއެވެ. އެއީ ރަޝިއާގެ މޮސްކޯއާއި ސެން ޕީޓަރސްބަރގްގައެވެ. މޮސްކޯގައި ފޮޓޯ މައުރަޒު ކުރިއަށްދާނީ މި މަހުގެ 16 އިން 30ގެ ނިޔަލަށެވެ. އެއަށްފަހު ދެން ފޮޓޯ މައުރަޒު ކުރިއަށްދާނީ ސެން ޕީޓަރސްބަރގްގައެވެ.


މި ފޮޓޯ މައުރަޒުގައި ރާއްޖޭގެ ތަފާތު އެކި ފޮޓޯތައް ވަނީ ބަހައްޓައިފައެވެ. އޭގެ ތެރޭގައި ރާއްޖޭގެ ގުދުރަތީ ރީތި މަންޒަރުތަކާއި، ތިމާވެށީގެ ފޮޓޯތަކާއި، ސަގާފީ ހަރަކާތްތަކުގެ ފޮޓޯތައް ހިމެނެއެވެ. މި ފޮޓޯތަކުން ރާއްޖޭގެ ފަތުރުވެރިކަމުގައި ހިމެނޭ ހަތަރު ޕްރޮޑަކްޓް ވެސް އިޝްތިހާރު ކުރާނެއެވެ. އެއީ ރިސޯޓް، ގެސްޓްހައުސް، ލިވަބޯޑް އަދި ހޮޓެލްއެވެ.


މި މައުރަޒުގައި ރާއްޖޭގެ ފޮޓޯގްރަފަރުންގެ ފޮޓޯތަކާއި ސޯޝަލް މީޑިޔާގައި ފެންނަ އާންމު ފޮޓޯތައް ފެންނަން ހުންނާނެއެވެ. ރާއްޖެއިން ކުރެވޭ ތަފާތު ތަޖުރިބާތައް ފެންނަ ފޮޓޯތައް ވެސް މި މައުރަޒުގައި ވަނީ ބަހައްޓައިފައެވެ. ވިޒިޓް މޯލްޑިވްސްއިން ބުނީ 3 ނުވަތަ 5 މިލިޔަން މީހުންނަށް ފޮޓޯ މައުރަޒް މެދުވެރިކޮށް ރާއްޖެ އިޝްތިހާރުވެގެންދާނެ ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!