Wednesday, 4 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހެދިގޮނޑުދޮށުގައި ރޭމްޕެއް ހަދައިފި

ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހެދިގޮނޑުދޮށުގައި ރޭމްޕެއް ހަދައިފި

ޙާއްސައެހީ އަށް ބޭނުންވާ މީހުންނަށް އަމާޒުކޮށްގެން އެމްޓީސީސީން، ހެދިގޮނޑުދޮށުގައި ރޭމްޕެއް ހަދައި ބޭނުން ކުރަން ހުޅުވައިލައިފިއެވެ.

މި ރޭމްޕާއެކު ހާއްސައެހީއަށް ބޭނުންވާމީހުންނަށް މޫދަށް އެރުމާއި މޫދުން އެއްގަމަށް އެރުމުގައި ފަސޭހަތަކެއް ވެގެންދާނެ ކަމަށާއި މި މަޝްރޫޢަކީ އެ ކުންފުނީގެ އިޖުތިމާޢީ ޒިންމާގެ ދަށުން ކުރިއަށް ގެންދިޔަ މަޝްރޫޢެއްކަމަށް އެމްޓީސީސީން ވިދާޅުވިއެވެ.

"މުޖުތަމަޢުގައި ދިރިއުޅޭ ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އަމާޒުކުރެވިގެން ހެދިގޮނޑުދޮށުގައި ރޭމްޕް ހެދުމުގެ މަޝްރޫޢުގެ މަސައްކަތް 13 ޖޫން 2021 ވަނަ ދުވަހު ނިމިއްޖެ." ރޭމްޕްގެ މަސައްކަތް ނިމުނުކަން އިއުލާނުކޮށް އެކުންފުނިން ކުރި ޓްވީޓެއްގައި ވިދާޅުވިއެވެ.

Advertisement
Ooredoo — Truecaller (box)

ރާއްޖޭގެ ހާއްސައެހީއަށް ބޭނުންވާ މީހުންނަށް ފަސޭހައިން ބޭނުން ކުރެވޭނެ ގޮތަށް ގިނަ ހިދުމަތްތަކެއް އިންތިޒާމް ކުރެވިފައި ވެއެވެ. މިގޮތުން ސަރުކާރުގެ އޮފީސްތަކާއި، މިސްކިތްތަކުގައި ވެސް މިފަދަ ރޭމްޕްތައް ހަދައިފައިވެއެވެ.

މީގެ އިތުރުން ޑޮކްޓަރަށް ދެއްކުން ފަދަ އަސާސީ ހިދުމަތްތައް ދިނުމުގައި ހާއްސަަ އެހީއަށް ބޭނުންވާ މީހުންނަށް އިސްކަންދިނުމަކީ ވެސް ރާއްޖޭގެ ހޮސްޕިޓަލުތަކުގައި އޮންނަ އުސޫލެކެވެ. އަދި މިފަދަ ހިދުމަތް ދިނުމުގައި ހާއްސައެހީއަށް ބޭނުންވާ މީހުންނަށް އިސްކަން ދިނުމަށް ގާނޫނުން ވެސް އޮންނަނީ ލާޒިމުކޮށްފައެވެ.

އެމްޓީސީސީން ހެދިގޮނޑުދަށުގައި ހެދި މި ރޭމްޕުގެ ސަބަބުން ގިނަ ބަޔަކު ދަނީ އެކުންފުންޏަށް ތައުރީފް ކުރަމުންނެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް