ދުނިޔެ

ފޯނަށް ބަލަހައްޓައިގެން ހުރެ ހިނގާއިރު ތަންތާ ޖެހޭ މީހުނަށްނަށް ހައްލެއް !

ރައުފާ ރަޝީދު ، ދެން އޮންލައިން

ގިނަ ބައެއްގެ ދިރިއުޅުމާ ގުޅިފައިވާ އެއްޗެކެވެ. އެއާ ނުލާ ދިރިއުޅެން ދަތި އެއްޗެކެވެ. މި ދައްކަނީ ޖީބުގައި އޮތް ފޯނުގެ ވާހަކައެވެ. ޒަމާނަށް އަންނަމުންދާ ބޮޑެތި ބަދަލުތައް ޓެކްނޮލޮޖީއާއި، ސައިންސަށް ބަލައިލުމުން ވެސް ފެނިގެންދެއެވެ. އާންމު ދިރިއުޅުމުގައި ބޭނުންކުރަންޖެހޭ އިންސާނީ ވަޞީލަތްތައް މިހާރު މިވަނީ ރިމޯޓަކުން ފިއްތާލާ ފިތަކަށް ވެފައެވެ.

Ads by Sosun Fihaara

ދައްކާލަން މިއުޅެނީ ވެސް އެފަދަ އެއްޗެއްގެ ވާހަކައެވެ. ފޯނަކީ އެއާ ނުލައި ގިނަ މީހުންނަށް ދިރިވެސް ނޫޅެވޭ އެއްޗެކެވެ. ގޭމް ކުޅުމާއި، އޮފީސް ކަންކަމުގައި އަބަދު ފޯނު އަތަށް ނަގައިގެން އުޅެން ޖެހެއެވެ. މިހެން މިކަން އޮތް އިރު، މަގުމަތިންނާއި އަދި މިނޫން ވެސް ތަންތާގައި ފޯނަށް ގެއްލިފައި ހުރެ ދާއިރު، ކިތަންމެހާ ލަނޑު ވެސް ލިބެއެވެ. ގިނަ ފަހަރު ކުރިމައްޗަށް ބަލައި ނުލައި ދާއިރު، އެކަން މި އެނގެނީ ވެސް ތަނެއްގައި ޖެހި އަނިޔާއެއް ވުމުންނެވެ.

ސައުތު ކޮރެއާއަށް ނިސްބަތްވާ އުމުރުން 28 އަހަރުގެ ޕައެންގް މިން ވުކް މި ކަމަށް ހައްލެއް ހޯދައިދީފިއެވެ. އެއީ ވަށައިގެންވާ ސަރަހައްދު މޮނިޓަރކުރެވޭ ކުޑަ ކެމެރާއެކެވެ. “ތާޑް އައި”ގެ ނަމުން ނަން ދެވިފައިވާ މި ކެމެރާ ނިތްކުރީގައި އަޅުވައިފައި ހުންނަ އިރު ކުރިމަތިން މީހެއް އައިސް ކައިރިވުމުން އެލާޓެއް ފޯނަށް ދެއެވެ. އަދި ވަށައިގެންވާ ސަރަހައްދުވެސް މޮނިޓަރ ކުރެއެވެ. މި ކެމެރާ ބޭނުންކުރަން ޖެހެނީ ބެޓެރި ލައްވައިގެންނެވެ.

އޭނާ ބުނީ އަބަދު ފޯނަށް ގެއްލިފައި ތިބޭ މީހުންނަށް އެ ކެމެރާ ވެގެން ދާނީ ވަރަށް ބޭނުންތެރި އެއްޗަކަށް ކަމަށެވެ. އެ ކެމެރާގެ ސަބަބުން ފޯނަށް ގެއްލިފައި ތިބޭ މީިހުންނަށް ދިމާވާ އެކްސިޑެންޓުތައް މަދުވެ، ހާސް ކަމެއް ނެތި ފޯނާ ކުޅެން ހުރެވޭނެ ކަމަށް އޭނާ ބުނެފައި ވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!