Friday, 6 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

މާފުށީ ޖަލުގެ ނެޓްވޯކް ކަނޑައިލާން ޖޭމަރުތައް ހަރުކުރަނީ

މާފުށީ ޖަލުގެ ނެޓްވޯކް ކަނޑައިލާން ޖޭމަރުތައް ހަރުކުރަނީ
ޖަލަށް މޮބައިލް ފޯނު ވައްދައިގެން ޤައިދީން ހިންގާ އަމަލުތައް ހުއްޓުވުމުގެ ގޮތުން ޖަލުގެ މޮބައިލް ނެޓްވޯކް ކަނޑައިލާން އަންނަ އަހަރު ޖޭމަރުތައް ހަރުކުރުމަށް މަސައްކަތްކުރަމުން ގެންދާ ކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް ވިދާޅުވެއްޖެއެވެ. އަޙްމަދު މުޙައްމަދުފުޅު ވިދާޅުވީ ކުރިއެކޭ އެއްގޮތަށް ޖަލުގެ ނެޓްވޯކް ޑައުންގްރޭޑް ކުރުމަށް ފަށައިފައިވާ މަސައްކަތުގެ ދަށުން އަނެއްކާ ވެސް ޖަލު ހިމެނޭ ސަރަޙައްދުގައި ޖޭމަރުތައް ބެހެއްޓުމަށް ނިންމައިފައިވާ ކަމަށެވެ.އަދި ރާއްޖޭގެ ކޮންޓެކްސްޓުގައި ޖަލު އޮޕަރޭޓްކުރާ ތަންތަނުގައި ބޭނުންކުރަން އެންމެ ރަނގަޅު ވާނީ ކޮންކޮން އާލާތްތަކެއްތޯ މިހާރު ދިރާސާ ކުރަމުންދާކަމަށް ވެސް އަޙްމަދު މުޙައްމަދުފުޅު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ހަރުކުރަން ނިންމައިފައި ވަނީ ރާއްޖޭގެ މާހައުލާ ވެސް ގުޅޭ، އަދި ފަސޭހައިން ހަލާކު ނުވާ ފަދަ ޖޭމަރުތަކެއް ކަމަށެވެ. އަދި ޓެކްނިކަލް ގޮތުން ކުރަންޖެހޭ އެ މަސައްކަތަކީ ފައިސާ ވެސް ބޭނުންވާ ކަމަކަށް ވުމުން، ބޭނުންވާ ބަޖެޓާއި ކަން ކުރެވެން ހުރި ގޮތްތައް ދެނެގަތުމުގެ މަސައްކަތް މިހާރު ކުރަމުންގެންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް