Thursday, 5 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

މިޝްކާގެ ކޭސް ރިޕޯޓު ހެލްތު މިނިސްޓްރީން ހިއްސާ ކޮށްފައެއް ނުވޭ: އެޗްއާރްސީއެމް

މިޝްކާގެ ކޭސް ރިޕޯޓު ހެލްތު މިނިސްޓްރީން ހިއްސާ ކޮށްފައެއް ނުވޭ: އެޗްއާރްސީއެމް

ކޮވިޑް-19 އަށް ފައްސިވެ، މި މަހުގެ ދެވަނަ ދުވަހު ނިޔާވި އުމުރުން 10 އަހަރުގެ ފާތިމަތު މިޝްކާ މުޙައްމަދުގެ ކޭސް ރިޕޯޓު ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް)އާ ހެލްތު މިނިސްޓްރީން ހިއްސާ ކޮށްފައި ނުވާ ކަމަށް އެ ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީން ގެނެސްދޭ "ފަލަސުރުޚީ" ޕްރޮގްރާމުގައި މިރޭ ބައިވެރިވެ ވަޑައިގެން އެޗްއާރްސީއެމްގެ ކޮމިޝަނަރ މޫމިނާ ވަހީދު ވިދާޅުވީ، މިޝްކާގެ ކޭސް ރިޕޯޓު ހެލްތު މިނިސްޓްރީން ހިއްސާ ކޮށްފައި ނުވާ ކަމަށާއި އެހެން ނަމަވެސް އައިޖީއެމްއެޗުން ރިޕޯޓު ހިއްސާ ކުރި ކަމަށެވެ.

"މިޝްކާގެ މަރުގެ މައްސަލަ ތަހުގީގު ކުރުމަށް ވަނީ ފުލުހުންގެ އިދާރާގައި އެދިފައި" މޫމިނާ ވިދާޅުވިއެވެ.

Advertisement
Allied — Dhen Online (box)

މިޝްކާ ނިޔާވީ އެޗްޕީއޭއާއި އައިޖީއެމްއެޗްގެ އިހުމާލުން ކަމަށް އެ އާއިލާ އިން ވަނީ މީގެ ކުރިން ތުހުމަތު ކޮށްފައެވެ. އަދި އެ ކޭސްގައި އިހުމާލު އެބައޮތް ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމު ވެސް މީގެ ކުރިން ވަނީ އެއްބަސްވެވަޑައިގެންފައެވެ.

މިޝްކާގެ މަރުގެ މައްސަލަ ތަހުގީގުކޮށް، އެ މައްސަލައިގެ ރިޕޯޓު މި ހަފްތާ ތެރޭގައި ނިންމާނެ ކަމަށް ވެސް ހެލްތު މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް