Saturday, 7 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

އެސްޓީއޯއިން އަނެއްކާ ވެސް ޕެޓްރޯލް އަދި ޑީސަލް ވިއްކާ އަގު ބޮޑުކޮށްފި

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން، އެސްޓީއޯއިން ވިިއްކާ ތެލުގެ އަގު އަނެއްކާ ވެސް ބޮޑު ކޮށްފިއެވެ.

މިއަހަރުގެ ފެބްރުއަރީ މަހު ފަހުކޮޅު ވެސް އެސްޓީއޯއިން ވަނީ ޕެޓްރޯލް ވިއްކާ އަގު ބޮޑުކޮށްފައެވެ.

މިއަދު ގެނެވުނު ބަދަލާއެކު ޑީސަލް ލިޓަރެއްގެ އަގަކީ 10.72  (ދިހަ ރުފިޔާ ހަތްދިހަ ދެލާރި) އަދި ޕެޓްރޯލް ލިޓަރެއްގެ އަގަކީ 9.74  (ނުވަ ރުފިޔާ ހަތްދިހަ ހަތަރު ލާރި) އެވެ. އެސްޓޯއިން ވަނީ ޑީސަލް ލިޓަރަކުން 0.93 (ނުވަދިހަ ތިނެއް) ލާރި އަދި ޕެޓްރޯލް ލިޓަރަކުން 0.89 (އަށްޑިހަ ނުވައެއް) ލާރި ބޮޑުކޮށްފައެވެ.

Advertisement
Ooredoo — Square (box)

https://twitter.com/stoplc/status/1406327393833213952?s=21

"ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައިސްފައިވާ ބޮޑު ބަދަލާ އެކު، މި ކުންފުނިން ފޯރުކޮށްދެމުންދާ ތެލުގެ ޚިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ގެންދިއުމަށް ޓަކައި 20 ޖޫން 2021އިން ފެށިގެން މި ކުންފުނީގެ ސަބްސިޑިއަރީ ކުންފުނި ފިއުލް ސަޕްލައި މޯލްޑިވްސްގެ ޝެޑްތަކުން ވިއްކާ ތެލުގެ އަގަށް ބަދަލުގެނައުމަށް ވަނީ ނިންމިފަ" އަގަށް ގެނެވުނު ބަދަލާ ގުޅިގެން އެސްޓީއޯއިން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވެއެވެ.

ކޮވިޑް-19އާ ގުޅިގެން ދިވެހިންނަށް ކުރިމަތިވެފައިވާ މާލީ ދަތިތަކަށް ވެދޭ އެހީއެއްގެ ގޮތުން ކަމަށް ބުނެ، ޕެޓްރޯލާއި ޑީސަލްގެ އަގު މިދިޔަ އަހަރު މާރިޗް މަހު ވަނީ ހެޔޮކޮށްފައެވެ. އޭގެ ފަހުން މި އަހަރު ފެބްރުއަރީ މަހާ ހަމައަށް ޕެޓްރޯލް ވިއްކަމުން އައީ ހެޔޮ އަގުގައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް