ޚަބަރު

ޖިމްތައް ހުޅުވަން ހުއްދަ ދީފި

ރައުފާ ރަޝީދު ، ދެން އޮންލައިން

މާލެ ސަރަހައްދުގައި ހިންގާ ޖިމްތައް ހުޅުވުމުގެ ހުއްދަ ދޭން ހެލްތް ޕްރޮޓެކްޝަން އެެޖެންސީ (އެޗްޕީއޭ)އިން ނިންމައިފި އެވެ.

މިރޭ އެޗްއީއޯސީން ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، ޖިމްތައް ހުޅުވަން ހުއްދަ ދިނުމަށް ނިންމައިފައިވާ ކަމަށެވެ.

ޖިމްތައް ހުޅުވަން ހުއްދަ ދޭ އިރު އެތަންތަން ހުޅުވައިގެން ހިދުމަތް ދެވޭ ގަޑިތަކަކީ ފަތިހު 5އިން އިރުއޮއްސި 6އަށް ކަަމަށް ވެސް މަބްރޫކް ވިދާޅުވިއެވެ.

އަދި ޖިމްތައް ހުޅުވަން ހުއްދަ ދިން ނަމަވެސް އެ ތަންތަން ހުޅުވޭނީ އެޗްޕީއޭއިން ކަނޑައަޅާ އުސޫލުތަކާ އެއްގޮތަށް ތަނުގެ ހާލަތު ހުރިކަން އަންގައިދޭ ޕްލޭން ހުށައެޅުމުންކަމަށް ވެސް މަބްރޫކް ވިދާޅުވިއެވެ.

ރާއްޖޭގައި ކޮވިޑްގެ ހާލަތު ވަރަށް ބޮޑަށް ގޯސްވުމުން މީގެ މަހެއްހާ ދުވަސްކުރިން ވަނީ ފިޔަވަޅުތައް ހަރުކަށި ކޮށްފައެވެ. އޭރު އެޅި ފިޔަވަޅުތަކާ އެކު މިހާރު ކޮވިޑް-19އަށް މީހުން ފައްސިވާ އަދަދު ވަނީ ދަށްވާން ފަށައިފައެެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!