ދުނިޔެ

ކޮވިޑް: އިންޑިއާގެ ފައްސި އަދަދުތައް ކޮންޓްރޯލް ނުވެ މައްޗަށް!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
ވެރިރަށް ދިއްލީގެ ހޮސްޕިޓަލެއްގެ އެއް އެނދުގައި ދެމީހުން ފަރުވާ ހޯދަނީ

އިންޑިއާއިން މިއަދު ވެސް ރިކޯޑު އަދަދަކަށް ފައްސި ވޭދަނަތައް ފެނިފައިވާކަމަށް އެ ޤައުމުގެ ހެލްތު މިނިސްޓްރީގެ ހިސާބުތަކުން ދައްކައިފިއެވެ.

Ads by Sosun Fihaara

ފާއިތުވީ 24 ގަޑިއިރުގެ ނަތީޖާއަށް ބަލާއިރު އެ ޤައުމުން މިއަދު އިތުރު 50،848 މީހުން ވަނީ ކޮވިޑް-19އަށް ފައްސިވެފައެވެ.

އެ ޤައުމުގެ ހެލްތު މިނިސްޓްރީގެ ހިސާބުތަކުން ދައްކާ ގޮތުގައި ފާއިތުވީ 24 ގަޑިއިރު އެ ޤައުމުން 1،358 މީހުން ވަނީ މި ބަލީގައި މަރުވެފައެވެ.

އިންޑިއާ އިން ފައްސި ވީ މީހުންގެ އަދަދަށް ބަލާއިރު މިއީ އިއްޔެއަށް ވުރެ 19 އިންސައްތަ އިތުރު އަދަދެކެވެ. އެ ޤައުމުން ކޮވިޑް-19އަށް ފައްސި ވީ މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 3،00،28،709 އަށް އަރައިފައެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އިންޑިއާއިން މި ބަލި ޖެހިގެން މަރުވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 3،90،660 އަރައިފައެވެ.

އިންޑިއާގައި ހަލުވި ކަމާއެކު އިންޑިއާ ވޭރިއަންޓް (ޑެލްޓާ ވޭރިއަންޓް) ފެތުރިފައިވާ އިރު، އޭގެ އާ ވޭރިއަންޓެއް ވެސް ވަނީ ފެތުރެން ފަށައިފައެވެ. ކޮވިޑްގެ މި އާ ވޭރިއަންޓަށް އިންޑިއާއިން ދީފައި ވަނީ "ޑެލްޓާ ޕްލަސް"ގެ ނަމެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!