Friday, 6 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ރައީސް ނަޝީދުގެ ފައި ނޫން ހުރިހާ ތަނެއް ފަސޭހަވެއްޖެ: އާއިލާ

ރައީސް ނަޝީދުގެ ފައި ނޫން ހުރިހާ ތަނެއް ފަސޭހަވެއްޖެ: އާއިލާ

މިދިޔަ މަހު ހަވަނަ ދުވަހު ދިން ބޮމުގެ ހަމަލާގައި ޒަހަމްވެވަޑައިގެންނެވި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފަޔަށް ލިބިވަޑައިގެންނެވި ޒަހަމްތައް ފިޔަވައި އެހެން ހުރިހާ ޒަހަމްތަކެއް ފަސޭހަ ވެފައިވާ ކަަމަށް އެމަނިކުފާނުގެ އާއިލާއިން ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދުގެ ބޭބެ ޑރ. މުހައްމަދު ނާޝިދު އިއްޔެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް ނަޝީދުގެ ފަޔަށް ލިބިވަޑައިގެންނެވި ޒަހަމްތައް ފިޔަވައި އެހެން ހުރިހާ ޒަހަމްތަކެއް ފަސޭހަވެފައިވާ ކަމަށާއި މިއަދަށް ޝެޑިއުލްކޮށްފައި އޮތް އެންޑޯސްކޮޕީ ވެސް ޑޮކްޓަރ ކެންސަލް ކޮށްފައިވާކަމަށެވެ. މީގެ އިތުރުން އެ ޓްވީޓުގައި ވިދާޅުވެފައި ވަނީ ޒަހަމްވި ތަންތަނުގެ ލަކުނުތައް ފިލުވަން ސާޖަރީ ހައްދަވަން ރައީސް ނަޝީދު ބޭނުންފުޅުވެވަޑައިނުގަންނަވާ ކަމަށެވެ.

https://twitter.com/i_nashid/status/1407665167446380553?s=21

Advertisement
Ooredoo — Square (box)

މިދިޔަ މަހު ހަވަނަ ދުވަހު މަޖިލީހުގެ ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅިގެން ހަތަރު މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެއީ މއ.ފޭރުގެ ޢުމުރުން 21 އަހަރުގެ މުޖާޒް އަޙްމަދާއި ގއ.ކޮނޑޭ ފޮޅޭމާގޭ ޢުމުރުން 32 އަހަރުގެ ތަހްމީނު އަޙްމަދާއި، ރައީސް ނަޝީދަށް ހަމަލާދިން ބޮން ގޮއްވައިލި ވ.ތިނަދޫ ހިޔާ ޢުމުރުން 25 އަހަރުގެ އަދުހަމް އަޙްމަދު ރަޝީދާއި ލ.ގަން / ދުންފިނި އުފާ، ޢުމުރުން 23 އަހަރުގެ އަހުމަދު ފާތިހެވެ.

ރައީސް ނަޝީދަށް ދިން ނުރައްކާތެރި ހަމަލާގައި އެމަނިކުފާނަށް ސީރިއަސް ޒަހަމްތަކެއް ލިބިވަޑައިގެން ގިނަ އޮޕަރޭޝަންތަކެއް ވަނީ ކުރައްވައިފައެވެ.

ރައީސް ނަޝީދަށް ފުރަތަމަ ފަރުވާ ދީފައި ވަނީ އޭޑީކޭ ހޮސްޕިޓަލުގައެވެ. އެގޮތުން 16 ގަޑިއިރު ތެރޭ އެމަނިކުފާނުގެ ހަތަރު އޮޕަރޭޝަނެއް ކުރަން ޖެހުނުކަމަށް އޭޑީކޭއިން ހޮސްޕިޓަލުން ބުނެފައިވެއެވެ. އަދި ރައީސް ނަޝީދުގެ ހަށިކޮޅަށް 10 ރޭޒަ ފުއް ވަދެފައިވާ ކަމަށާއި ހަށިކޮޅުގެ މުހިންމު ގުނަވަންތައް ފޫއަޅުވައިލި ކަމަށް ވެސް އެ ހޮސްޕިޓަލުން ބުނެފައިވެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް