Friday, 6 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

އައްޑޫސިޓީން ފިޔަވަޅުތަކަށް ލުއިދީފި

އައްޑޫސިޓީން ފިޔަވަޅުތަކަށް ލުއިދީފި
ހަލުވިކަމާއެކު ފެތުރެމުން ދިޔަ ކޮވިޑް-19އާ ގުޅިގެން އައްޑޫސިޓީގައި އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް ލުއި ދީފިއެވެ. އައްޑޫސިޓީގެ ކައުންސިލުން ވިދާޅުވީ ހިތަދޫ ފިޔަވާ އެ ސިޓީގެ އެހެން ރަށްތަކުގައި މަގުމައްޗާއި އާންމު ތަންތަނަށް ނުކުމެ އުޅުމާއި އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާކުރުމަށް އަންގާފައިވާ އެންގުން މިހާރު ނިމުމަކަށް ގެނެސްފައިވާ ކަމަށެވެ. އެހެން ނަމަވަސް މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫގައި އަޅާފައިވާ ބައެއް ފިޔަވަޅުތައް އަދިވެސް ދެމި އޮންނާނެ ކަމަށް ކައުންސިލުން ވިދާޅުވެފައިވެއެވެ. މީގެއިތުރުން ކައުންސިލުން ވިދާޅުވީ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުމަށް އަދި ހުއްދަ ދީފައިނުވި ނަމަވެސް، މިސްކިތްތަކުގައި ނަމާދުކުރުމަށް މިހާރު ހުއްދަ ދީފައިވާ ކަމަށެވެ. އަދި މިސްކިތްތަކުގައި ނަމާދު ކުރުމާއި، ފާހާނާ ކުރުމާއި، ވުޟޫ ކުރެވޭނެ އިންތިޒާމް ވެސް ހަމަޖައްސާފައިވާ ކަމަށް ކައުންސިލުން ވިދާޅުވެފައިވެއެވެ.

މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫގައި އަޅާފައިވާ އިތުރު ފިޔަވަޅުތައް:

  • ހުއްދަ ދޫކޮށްފައިވާ ސެލޫންތަކާއި، ޖިމްތަކާއި، ބޯކޮށާ ތަންތަނުން ހިދުމަތް ދެވޭނީ ހެނދުނު 08:00 އިން ހަވީރު 04:00އަށް
  • ފިހާރަތައް ހުޅުވައިގެން ހިދުމަތް ދެވޭނީ ހެނދުނު 06:00އިން ރޭގަނޑު 06:00އަށް. ރޭގަނޑު 10:00އަށް ޑެލިވަރީ ކުރެވޭނެ
  • ހޮޓާތަކާއި، ކެފޭތަކާއި، ރެސްޓޯރަންޓުތަކުން ދެވޭނީ ހަމައެކަނި ޑެލިވަރީގެ ހިދުމަތް
  • ޔުނިވާސިޓީތަކާއި ކޮލެޖްތަކަށް ދަރިވަރުން ހާޒިރުވެގެން ކުލާސްތައް ކުރިޔަށް ގެންދިޔުން މަނާވާނެ
އައްޑޫސިޓީ ހިތަދޫގައި އަޅައިފައިވާ ހުރިހާ ފިޔަވަޅަކަށް ލުއި ނުދެވުނު ނަމަވެސް އެ ރަށުގައި އަޅައިފައިވާ ބައެއް ފިޔަވަޅުތަކަށް ލުއި ދިނުމަށް ވަނީ ނިންމައިފައެވެ. އެގޮތުން ހައުސް ހޯލްޑް ޕާމިޓަކާ ނުލައި ކާފިއު ނޫން ވަގުތުތަކުގައި ޒަރޫރީ ބޭނުންތަކަށް ބޭރަށް ނުކުމެ އުޅެވޭނެ ހުއްދަ މިހާރު ވަނީ ދީފައެވެ. އަދި އެ ރަށުގެ ކާފިއު ވަގުތު މިހާރު ހިންގަނީ ހަވީރު 04:00އިން ފަތިހު 04:00އަށެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް