މިސްކިތްތަކުގައި ޖަމާއަތް ހަދައިގެން ނަމާދު ކުރާ މައްސަލައެއް!

ކޮވިޑް-19ގެ ވޭދަނަތައް މާލެ ސަރަހައްދުގައި އިތުރުވުމުގެ ސަބަބުން ޖަމާއަތުގައި ނަމާދުކުރުން މަނާކޮށްފައިވާ ދަނޑިވަޅެއްގައި މާލެ ސަރަހައްދުގެ ބައެއް މިސްކިތްތަކުގައި ޖަމާއަތް ހަދައިގެން ނަމާދު ކުރާކަން “ދެން”އަށް ކަށަވަރުވެއްޖެއެވެ.
“ދެން”އަށް އެނގިފައިވާ ގޮތުގައި މާލޭގެ ފުރުގާން މިސްކިތުގައި ހުރިހައި ނަމާދެއްގައިހެން ޖަމާއަތް ހަދައިގެން ނަމާދު ކުރެއެވެ. އަދި ޖަމާއަތުގައި ނަމާދު ކުރާއިރު ގައިދުރުކަން ނުބަހައްޓާކަން ވެސް “ދެން”އަށް ވަނީ ކަށަވަރު ވެފައެވެ.
މިދިޔަ ހުކުރު ދުވަހު މާލޭ ސަރަހައްދުގެ ބައެއް މިސްކިތްތަކުގައި ވަނީ ޖަމާއަތް ހަދައިގެން ހުކުރު ނަމާދު ވެސް ކޮށްފައެވެ. އެ ދުވަހު މިކަމާ ގުޅިގެން އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެފަދަ މައުލޫމާތެއް މިނިސްޓްރީއަށް ވެސް ލިބިފައިވާ ކަމަށާއި އަދި އެކަން މިނިސްޓްރީން ވެސް ބަލަމުން ދާ ކަމަށެވެ.
ކޮވިޑް-19ގެ ވޭދަނަތައް މާލެ ސަރަހައްދުގައި އިންތިހާއަށް ގިނަވުމުގެ ސަބަބުން މިސްކިތްތައް ބަންދު ކުރަން އިސްލާމިކް މިނިސްޓްރީން ނިންމީ މިދިޔަ މަހުގެ 26 ވަނަ ދުވަހުއެވެ. އެހެން ނަމަވެސް އާންމުންގެ ފާޑުކިޔުންތަކުގެ ސަބަބުންނާއި އިލްމުވެރިންގެ ކަންބޮޑުވުންތަކެއް ހުރުމުން މިސްކިތްތައް ވަނީ ޖަމާއަތުގައި ނަމާދު ނުކުރި ނަމަވެސް ހުޅުވައިފައެވެ







ކޮމެންޓް