Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ފެސިލިޓީގައި އޮތް ބަލި މީހާއަށް އަނިޔާކުރި ބިދޭސީ މީހާ ޝަރީއަތް ނިމެންދެން ބަންދަށް

ފެސިލިޓީގައި އޮތް ބަލި މީހާއަށް އަނިޔާކުރި ބިދޭސީ މީހާ ޝަރީއަތް ނިމެންދެން ބަންދަށް

ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގައި އޮތް އުމުރުން ދުވަސްވީ ބަލި މީހަކަށް އަނިޔާ ކުރި ބިދޭސީ މީހާ ޝަރީއަތް ނިމެންދެން ބަންދު ކުރަން ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން އަމުރު ކޮށްފިއެވެ.

އުމުރުން ދުވަސްވީ ފިރިހެނަކަށް އަނިޔާކޮށްފައި ވަނީ އޭނާގެ އާއިލާގެ ފަރާތުން ހަމަޖައްސައިފައިވާ އުމުރުން 31 އަހަރުގެ ޝަރީފް ޚާން ނަމަކަށް ކިޔާ މީހެކެވެ. އޭނާގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ޕީޖީ އޮފީހުން ފޮނުވީ މިއަދުއެވެ.

ޝަރީފްގެ މައްޗަށް އުފުލައިފައި ވަނީ އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާއެވެ.

Advertisement
HDC — Sidebar (box)

މި މައްސަލަ އެންމެ ފުރަތަމަ ފެންމަތިވީ މިދިޔަ މެއި މަހުގެ 26 ވަނަ ދުވަހު މީސްމީޑިއާގައި އާންމުވި ވީޑިއޯއަކާ ގުޅިގެންނެވެ. އެ ވީޑިއޯ އިން ފެންނަނީ އުމުރުން ދުވަސް ވެފައިވާ އެ މީހާއަށް ޝަރީފް އަނިޔާ ކުރާ މަންޒަރެވެ.

އެކަމާ ގުޅޭގޮތުން ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް ޢަބްދުލްއަޒީޒް އެއިރު ވިދާޅުވީ އުމުރުން ދުވަސްވީ އެ މީހާއަށް އަނިޔާ ކުރި މީހާއަކީ، އާއިލާގެ ފަރާތުން އެތަނުގައި (އެ މީހާ ބެލުމަށް) ބެހެއްޓި މީހެއް ކަމަށެވެ.

އަނިޔާ ލިބުނު އުމުރުން ދުވަސް ވީ އެ މީހާގެ ކަންކަން ފަހުން ބަލަހައްޓަމުން ގެންދިޔައީ ހުޅުމާލޭ މެޑިކަލް ފެސިލިޓީންނެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް