ލުއި ޚަބަރު

ގަވާއިދުން ކުކުޅު ކެއުމަކީ ސިއްހަތަށް ވަރަށް ގެއްލުން ހުރި ކަމެއް، އަވަހަށް ދުރުހެލިވޭ!

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ކުކުޅަކީ އަޅުގަނޑުމެންގެ ތެރެއިން ގިނަބައެއްގެ ތެރޭގައި ވަރަށް ބޮޑު މަޤުބޫލުކަމެއް ހޯދާފައިވާ އެއްޗެކެވެ. އަދި ބައެއް މީހުންނަކީ ޤަވާއިދުން ކޮންމެ ދުވަހަކު ވެސް ކޮންމެވެސް ގޮތަކުން ކުކުޅު ކާ މީހުންނެވެ. ކޮންމެ ދުވަހަކު ކުކުޅު ނުކެއި ނަމަވެސް ވަރަށް ގިނައިން ކުކުޅު ކާ މީހުން ވެސް މަދެއް ނޫނެވެ.  އާންމު ގޮތެއްގައި ކުކުޅަކީ ސިއްހަތަށް ފައިދާ ހުރި އެއްޗަކަށް ވުމުން މިއީ މައްސަލައެއްގެ ގޮތުގައި އެމީހުން ނުދެކެނީ ކަމުގައި ވެސް ވެދާނެއެވެ. ނަމަވެސް ޤަވާއިދުން ކުކުޅު ކެއުމަކީ އަޅުގަނޑުމެން ހީ ވެސް ނުކުރާ ވަރުގެ ނުރައްކާތެރި ކަމެކެވެ.

Ads by Hajj Corporation

 ބަރުދަން އިތުރުވުން

ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ޓަކައި އަޅުގަނޑުމެން އެންމެ ބޮޑަށް އިސްކަންދޭން ޖެހޭ އެއް ކަމަކީ ރަނގަޅު ޑައިޓެކެވެ. އަދި ރަނގަޅު ޑައިޓެއް ކުރުމަށްޓަކައި އެކަށީގެންވާ ގޮތެއްގެ މަތިން ކެއުން ބައްޓަންވެފައި ވުމަކީ މުހިންމުކަމެކެވެ. ކަން މިހެން އޮތް އިރު ކޮންމެ ދުވަހަކު ކުކުޅު ކެއުން މިއީ ރަނގަޅު ކަމަކަށް ވެދާނެ ބާވައެވެ؟ މި ސުވާލުވެ ޖަވާބު ހޯދާއިރު، ކުކުޅަކީ އޭގައި ގިނަ އަދަދަކަށް ޕްރޮޓީން އެކުލެވޭ އެއްޗެކެވެ. އަދި ޕްރޮޓީންގެ ސަބަބުން ހަށިގަނޑުގައި ސަރުބީ ގިނަ ވުމަށް މަގުފަހި ވެއެވެ. އެހެންކަމުން ގަވާއިދުން ކުކުޅު ކެއުމަކީ މީހާގެ ބަރުދަން ވަރަށް އަވަހަށް އިތުރު ކޮށްދޭ ކަމެކެވެ. އަދި ބައެއްފަހަރު އެލާޖިކް ވުމާއި ވިހަ ވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.

 ހިތުގެ ބަލިތައް ޖެހުން

ގަވާއިދުން ކުކުޅު ކެއުމަކީ ހަށިގަނޑުގައި ކޮލެސްޓްރޯލް މައްޗަށް ދިއުމަށް މަގުފަހި ކުރުވާ ކަމެކެވެ. މީގެ ސަބަބުން ހިތުގެ ބަލިތައް ޖެހި ދުނިޔެ ދޫކުރަނީ މަދުބަޔަކު ނޫނެވެ. އެހެންކަމުން ކޮލެސްޓްރޯލް ލެވެލް ރަނގަޅު މިންވަރެއްގައި ހިފެހެއްޓުމަށް ކޮންމެ ދުވަހަކު ކުކުޅު ކެއުމުން ދުރުހެލިވާން ޖެހެއެވެ.

 ވިހަވުން

ކުކުޅު ކައިގެން މީހުން ވިހަ ވުމަކީ އައު ކަމެއް ނޫނެވެ. ސަބަބަކީ މިފަދަ މަހުގެ ބާވަތްތަކަކީ އުފެއްދުމުގައި ތަފާތު ކެމިކަލްތައް ބޭނުން ކުރާތީއެވެ. އެހެންކަމުން ކެއްކުމުގައި ފަރުވާތެރި ނުވެވިއްޖެ ނަމަ މީހާ ވިހަ ވުމަކީ އެކަށީގެންވާ ކަމެކެވެ. އަދި މީގެ ސަބަބުން ބޮޑެތި މައްސަލަތަކާ ކުރިމަތިލާން ޖެހިދާނެއެވެ.

ކުކުޅަކީ ރަހަ މީރު އެއްޗެކެވެ. ނަމަަވެސް ކުކުޅަކީ ގަވާއިދުން ކާން ރަނގަޅު އެއްޗެއް ނޫނެވެ. ތަފާތު އެކި މުނާސަބަތު ތަކުގައި ކުކުޅު ކެއުން ރަނގަޅެވެ. ނަމަވެސް ގަވާއިދުން ކުކުޅު ކެއުމުން ދުރުހެލިވާށެވެ.

Ads by HDC
  1. ޢެދުރުދައިތާ

    ކޮބާ ކޮންތާކުން ހެދި ރިސާޗް އެއްގައި ތިވާހަކަ އޮތީ

  2. ޣަނީ

    ކުކުޅު ކެއުމުގެ ގަވާއިދުގައި އޮތީ ކީކޭތޯ؟ ކޮންތާކުތޯ އެ ގަވާއިދު އޮތީ؟