Friday, 6 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ޖުލައިއިން ފެށިގެން ލުއި ދޭން ނިންމައިފި

ޖުލައިއިން  ފެށިގެން ލުއި ދޭން ނިންމައިފި

ކޮވިޑުން ރައްކާތެރިވުމުގެ ގޮތުން އަޅައިފައިވާ ފިޔަވަޅުތަކަށް ޖުލައި 1އިން ފެށިގެން ލުއި ދޭން ނިންމައިފިއެވެ.

ރާއްޖޭގައި ހަލުވިކަމާ އެކު ކޮވިޑް-19 ފެތުރެމުން ދިޔުމާ ގުޅިގެން ރައީސް އޮފީހާއި ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގުޅިގެން މިދިޔަ މަހު ވަނީ މާލެ ސަރަޙައްދުގައި ޚާއްޞަ ފިޔަވަޅުތަކެއް އަޅައިފައެވެ.

އެ ފިޔަވަޅުތަކުގެ ސަބަބުން މިހާރު އަނެއްކާ ވެސް ރާއްޖޭގައި ކޮވިޑް ފެތުރެން ބޮޑުތަނުން ކޮންޓްރޯލު ވެފައިވާތީ ސަރުކާރުން މިއަދު އިއުލާނުކޮށްފައި ވަނީ އަންނަ ޖުލައި މަހުގެ 1 ވަނަ ދުވަހުން ފެށިގެން އެ ފިޔަވަޅުތަކަށް ލުއި ދޭން ނިންމަވައިފައިވާ ކަމަށެވެ.

Advertisement
Ooredoo — Truecaller (box)

އަންނަ މަހު އެކަކުން ފެށިގެން ދޭނެ ލުއިތަކާ މެދު ވާހަކަފުޅު ދައްކަވަމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވީ މިހާރު މާލެ ސަރަހައްދުގައި އިއުލާނު ކޮށްފައިވާ ކާފިއު ގަޑި ރޭގަނޑު 8:00އިން އަނެއް ދުވަހުގެ ފަތިހު 4:00އަށް ބަދަލު ކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން ކޮވިޑް-19 ޖެހިފައި ތިބި މީހުންނަށް 2 މަސް ނުވާނަމަ ކަރަންޓީންވުމަކާ ނުލާ އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރެވޭނެ ގޮތަށް ވެސް ވަނީ ހަމަޖައްސައިފައެވެ. އަދި ޑައިން-އިން ޚިދުމަތް ދެވޭގޮތަަށް ރެސްޓޯރެންޓްތައް ވެސް ވަނީ ހުޅުވައިލައިފައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް