Friday, 6 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ދެ ޑޯޒް ޖެހި މީހުންނަށް ލުއި ދެވޭނީ މިހާރަށްވުރެ ގިނަ މީހުންނަށް ދެ ޑޯޒް ޖެހިގެން

ދެ ޑޯޒް ޖެހި މީހުންނަށް ލުއި ދެވޭނީ މިހާރަށްވުރެ ގިނަ މީހުންނަށް ދެ ޑޯޒް ޖެހިގެން

ކޮވިޑް-19އިން ރައްކާތެރިވުމަށް ވެކްސިންގެ ދެ ޑޯޒު ޖެހި މީހުންނަށް ލުއިތަކެއް ދެވޭނީ މިހާރަށް ވުރެ ގިނައިން ވެކްސިންގެ ދެ ޑޯޒު ޖަހައިގެން ކަމަށް ހެލްތު މިނިސްޓަރު އަހްމަދު ނަސީމް ވިދާޅުވެއްޖެއެވެ.

ނަސީމް ވިދާޅުވީ އެހެން ގައުމުތަކުގައި ވެކްސިންގެ ދެ ޑޯޒް ޖެހި މީހުންނަށް ލުއިތަކެއް އެބަ ދޭ ކަމަށާއި ނަމަވެސް ރާއްޖޭގައި ވެކްސިންގެ ދެ ޑޯޒު ޖެހިފައި ތިބީ 38 އިންސައްތަ މީހުން ކަމަށެވެ. އެހެންކަމުން އެކަން ހައްލު ކުރެވި ލުއިތަކެއް ދެވޭނީ މިހާރަށް ވުރެ ގިނަ މީހުން ވެކްސިންގެ ދެ ޑޯޒު ޖަހައިގެން ކަމަަށް މިނިސްޓަރު ނަސީމް ވިދާޅުވިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވީ ވެކްސިން ޖެހި މީހުންނަށް ލުއި ދިނުމާ ގުޅޭ ގޮތުން ރޭ ވެސް މަޝްވަރާ ކުރި ކަމަށާއި މިއަދު އެކަން އިއުލާން ނުކުރެވުނީ ވަކި ގޮތެއް ނުނިމޭތީ ކަމަށެވެ.

Advertisement
Allied — Dhen Online (box)

ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ތަފާސް ހިސާބުތައް ދައްކާގޮތުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރި މީހުންގެ ޖުމްލަ ޢަދަދު ވަނީ 188،788އަށް އަރައިފައެވެ. އަދި ފުރަތަމަ ޑޯޒް ޖެހި މީހުންގެ ޖުމުލަ ޢަދަދު މިހާރު ވަނީ 316،497އަށް އަރައިފައެވެ.

ކޮވިޑް-19އިން ރައްކާތެރިވުމަށް ރާއްޖޭގައި ޖަހަނީ 3 ވައްތަރެއްގެ ވެކްސިނެކެވެ. އެއީ އިންޑިއާއިން ހަދިޔާ ކުރި ކޮވިޝީލްޑް ވެކްސިނާއި ޗައިނާއިން ހަދިޔާ ކުރި ސިނޮފާމް ވެކްސިންގެ އިތުރުން ފައިޒާ ވެކްސިނެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް