Friday, 6 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

މިރޭ ފަތިސް ނަމާދުން ފެށިގެން މިސްކިތްތަކުގެ ޖަމާއަތުގައި ނަމާދުކުރަން ފަށަނީ

މިރޭ ފަތިސް ނަމާދުން ފެށިގެން މިސްކިތްތަކުގެ ޖަމާއަތުގައި ނަމާދުކުރަން ފަށަނީ

ކޮވިޑް-19 މާލެ ސަރަހައްދުގައި ހަލުވިކަމާއެކު ފެތުރެމުން ދިއުމާ ގުޅިގެން ޖަމާއަތުގައި ނަމާދު ކުރުން މެދު ކަނޑައިލައިފައި އޮތުމަށް ފަހު މިރޭ ފަތިސް ނަމާދުން ފެށިގެން ގައިދުރުކޮށް ޖަމާއަތުގައި ނަމާދު ކުރަން ފަށަން ނިންމައިފިއެވެ.

މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް އިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ މާދަމާއިން ފެށިގެން ދައުލަތުގެ ފަރާތުން ގިނަ ލުއިތަކެއް ދޭން ނިންމައި ކާފިއު ވަގުތު ކުރު ކުރަން ނިންމައިފައިގާތީ ގްރޭޓަރ މާލެ ސަރަހައްދުގެ ހުރިހައި މިސްކިތެއްގައި މިރޭ ފަތިސް ނަމާދުން ފެށިގެން ގައިދުރުކޮށް ޖަމާއަތުގައި ނަމާދު ކުރަން ފެށޭނެ ކަމަށެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރަން ފެށި ކަމުގައި ވިޔަސް ރައްކާތެރިކަމުގެ ފިޔަވަޅުތަކެެއްގެ ގޮތުން އެ މިނިސްޓްރީން ކަންތައްތަކެއް ކަނޑައަޅައިފައިވާ ކަމަށެވެ، އެގޮތުން މިސްކިތަށް ވަަޑައިގަންނަވާއިރު މާސްކު އެޅުއްވުމަށާއި މުސައްލަ ގެންދެވުމަށާއި ތިމާއާއި އެހެން މީހުންގެ ރައްކާތެރިކަމަށް ޓަކައި ގައިދުރުކަމާއެކު ނަމާދުގެ ޖަމާއަތް ހެދުމަށް އެ ބަޔާނުގައި ނަސޭހަތްތެރިވެފައިވެއެވެ.

Advertisement
Allied — Dhen Online (box)

ކޮވިޑް-19ގެ ވޭދަނަތައް މާލެ ސަރަހައްދުގައި އިންތިހާއަށް ގިނަވުމުގެ ސަބަބުން މިސްކިތްތައް ބަންދު ކުރަން އިސްލާމިކް މިނިސްޓްރީން ނިންމީ މިދިޔަ މަހުގެ 26 ވަނަ ދުވަހުއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް