ޚަބަރު

ގިނަ ދުވަސްތަކަކަށްފަހު ކެފޭ ރެސްޓޯރެންޓުތައް ހުޅުވައިލައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ދިގު މުއްދަތަކަށްފަހު، އާއްމުންނަށް ހުޅުވައިގެން ކެފޭ ރެސްޓޯރެންޓުތަކުން ޚިދުމަތްދޭން ފަށައިފިއެވެ.

Ads by Hajj Corporation

ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން މާލެ ސަރަހައްދުގައި އެޅުނު ހާއްސަ ފިޔަވަޅުތަކުގެ ތެރެއިން ކެފޭ ރެސްޓޯރެންޓުތައް އާއްމުންނަށް ބަންދު ކޮށްފައިވަނީ މެއި މަހުގެ 12 ވަނަ ދުވަހުއެވެ.

ކެފޭ ރެސްޓޯރެންޓުތައް ހުޅުވައިގެން ޚިދުމަތް ދިނުމަށް ހުއްދަ ދީފައިވާއިރު، އިތުރު ބައެއް ލުއިތައް ވެސް މިހާރު ވަނީ ދީފައެވެ. އެގޮތުން މާލެ ސަރަޙައްދުގައި މިހާރު ބޭރަށް ނުކުމެއުޅުން މަނާކޮށްފައިވާ ގަނޑި ޖުލައި 1 ވަނަ ދުވަހުން ފެށިގެން ރޭގަނޑު 8 އިން ފަތިހު 4އަކަށް ކުރު ކުރުމާއި، އެނޫން ގަޑިތަކުގައި ފާހަކާ ނުލައި ބޭރުގައި އުޅެވޭނެ ގޮތަށް ލުއި ދިނުމާއި، ސައިހޮޓާ ރެސްޓޯރެންޓް ފަދަ ތަންތަނުގައި އެތެރޭގައި ތިބެ ކެއިންބުއިމުގެ ޚިދުމަތް ދެވޭނެގޮތަށް ހުޅުވައިލުމާއި މިސްކިތްތަކުގައި ގައިދުރުކޮށް ޖަމާއަތުގައި ނަމާދުކުރަން ހުޅުވައިލުން ފަދަ ލުއިތައް ހިމެނެއެވެ.

މީގެ އިތުރުން ކޮވިޑް ބަލިޖެހި ރަނގަޅުވެފައިވާ ފަރާތްތަކުން ބަލި ރަނގަޅުވެ 60 ދުވަހުގެ ތެރޭގައި މާލެ ސަރަޙައްދުން އެހެންރަށްރަށަށް ކަރަންޓީނުވުމަކާ ނުލައި ދަތުރުކުރެވޭ ގޮތަށް ވެސް ވަނީ ހުޅުވައިލައިފައެވެ.

ކެފޭ ރެސްޓޯރެންޓުތައް ހުޅުވައިގެން ޚިދުމަތް ދިނުމުގައި އަމަލު ކުރަން ޖެހޭ ގައިޑް ލައިނެއް އެޗްޕީއޭއިން އެކުލަވާލައިފައިވެއެވެ. އެގޮތުން 3ފޫޓުގެ ދުރުމުން ހުންނަ ގޮތަށް ގޮނޑި ޖެހުމާއި ޚިދުމަތް ދޭއިރު ވެސް ގައިދުރުކަން ބެހެއްޓުމާއި މާޙައުލަކީ ސާފުތަނެއްކަން ކަށަވަރުކުރުމަށް ވިޔަފާރިތަކަށް އެޗްޕީއޭއިން ވަނީ އަންގައިފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!