Saturday, 7 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

އެންމެ ކުޑަ އިރުން ފެށިގެން ވެސް އެކީގައި އުޅުނު ރައްޓެހިން މަތިން ހަނދާން ނައްތައި ނުލާށެވެ.

އެންމެ ކުޑަ އިރުން ފެށިގެން ވެސް އެކީގައި އުޅުނު ރައްޓެހިން މަތިން ހަނދާން ނައްތައި ނުލާށެވެ.

ކުޑައިރު އެންމެ އެކީގައި އުޅުނު އެކުވެރިންނާ ދިމާވުމުން އެކުރެވޭ އިހުސާސްތަކަކީ ދުލަކުން ބަޔާން ކުރަން ދަތި އިހުސާސް ތަކެކެވެ. އެންމެން އެއްކޮށް އެތައް ސަކަރާތްތަކެއް ޖަހައި އެތައް ކަމެއް ކުރެވުނެވެ. މިއަދު ވެސް ކޮންމެ ދުވަހަކު ދިމާ ނުވި ނަމަވެސް ދިމާވާ ދުވަހަކީ ކުޑައިރުގެ ހަނދާންތައް ތާޒާކޮށްދޭ ވަގުތުތަކެކެވެ.

ދިމާވަނީ ހަމަ އެމީހުންނާއެވެ. ތަފާތަކީ، އެއްބަޔަކީ މިހާރު ދިރިއުޅުމެއް ފަށައި، ޅަދަރިމައި މީހުންނެވެ. އަދި އަނެއް ބައި މީހުންނަކީ ޒިންމާދާރު އެތައް މަގާމުތަކެއްގައި މިއަދު މަސައްކަތް ކުރާ ބައެއް ކަމެވެ. އެހެން ނަމަވެސް އެއިން އެއްވެސް ކަމަކީ އަހަރެމެންގެ މި ދުވަސްވީ އެކުވެރިކަމަށް އެއްވެސް ގޮތަކަށް ހުރަސް އެޅޭނެ ކަމެއް ނޫނެވެ. އެއަށް ވުރެ އަހަރެމެންގެ އެކުވެރިކަމުގެ ބާރު ގަދައެވެ. އެެކަކު އަނެކަކަށް ކުރާ އިތުބާރު މާ ބޮޑެވެ.

ސުކޫލުގައި އެކީ އެތައް ސަކަރާތްތަކެއް ޖެހީމުއެވެ. ސުކޫލު ނިންމައިލައި ފަހު، އެ ސުކޫލަށް ވަދާއުގެ މެސެޖުތައް ދިން ދުވަހަކީ އަހަރެމެން އެކަކު އަނެކަކު ގައިގައި ބައްދާ، އަހަރެމެންގެ ލޮލުން އެ ސުކޫލަށް ޓަކައި އެތައް ކަރުނަތަކެއް އޮހޮރުވި ދުވަހެކެވެ. ޚުދު މިއަދު ވެސް އެ ސުކޫލު ފެނުމުން އަހަރެމެންގެ މާޒީ އަހަރެމެން ކުރިމަތީގައި ކުރަހައިލެވޭ ކަހަލައެވެ. އުފާވެރި ކަމުގެ ކަރުނައިން އެންމެންގެ ލޯތައް ތެމި ފޯވެއެވެ.

Advertisement
Ooredoo — Square (box)

ބުނެ އުޅޭތީ އަޑު އެހީމުއެވެ. އެކުވެރިކަމަކީ ގަދަފަދަ ބާރެކެވެ. ގަދަފަދަވި ގުޅުމެކެވެ. އެކެއްގެ ހިތާމައަކީ ހަމަ އަނެކާގެ ހިތާމައެވެ. އަދި އެކެއްގެ އުފާވެރިކަމަކީ ހަމަ އަނެކެއްގެ ވެސް އުފާވެރި ކަމެވެ. އަހަރެމެން އުޅެމުން އައީ ހަމަ އެގޮތަށެވެ. އެކަކު އަނެކަކަށް ވެވެން ހުރި މިންވަރަކުން އެހީތެރިކަން ފޯރު ކޮށްދެމުންނެވެ.

މިއަދު އެއްބަޔަކު މީހުންނާ އިނދެ އައު ޙަޔާތެއް ފަށަނީއެވެ. އަނެއް ބައި މީހުން ދެކެމުން އައި ފޮނި ހުވަފެންތަކުގައި ހަގީގީ ކުލަ ޖެއްސުމަށް މަސައްކަތް ކުރަމުން ދަނީއެވެ. އެހެން ނަމަވެސް މި ގުޅުމަށް އެ ކަންކަމުގެ ސަބަބުން އެއްވެސް އުނި ކަމެއް ނާދެއެވެ. ތަފާތަކީ އެންމެން ކޮންމެ ދުވަހު ނުފެންނާތީއެވެ. އެދެނީ އެންމެ ކުޑައިރުން ފެށިގެން އެކު އެކީގައި އުޅެމުން އައި ހުރިހާ އެކުވެރިންނަށް އުފާ ފާގަތި މުސްތަގުބަލެއް ދެއްވައި މި އެކުވެރި ކަމުގައި މާތްﷲ ބަރަކާތް ލެއްވެވުމެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް