Saturday, 7 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

މިނިވަން ނޫސްވެރިކަމުގެ ވާހަކަ ދައްކަންސިޔާސީ ޕާޓީތަކުން ލަދު ގަންނަންޖެހޭ: އަލްހާން 

މިނިވަން ނޫސްވެރިކަމުގެ ވާހަކަ ދައްކަންސިޔާސީ ޕާޓީތަކުން ލަދު ގަންނަންޖެހޭ: އަލްހާން 

މިނިވަން ނޫސްވެރިކަމުގެ ވާހަކަ ދައްކަން މިހާރު ރާއްޖޭގެ ސިޔާސީ ޕާޓީތަކުން ލަދު ގަންނަން ޖެހޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.

އަލްހާން މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮންމެ ޕާޓީއަކަށް ޓީވީއެއް ހަދައިގެން ނޫސްވެރިންނަށް ފައިސާ ދީގެން ހިިންގާ ޕްރޮފެގެންޑާއަކީ ނޫސްވެރިކަމެއް ނޫން ކަމަށެވެ.

"މިނިވަން ނޫސްވެރިކަމުގެ ވާހަކަ ދައްކަން މިހާރު ރާއްޖޭގެ ސިޔާސީ ޕާޓީތަކުން ލަދު ގަންނަންޖެހޭ! ކޮންމެ ޕާޓީއަކަށް ޓީވީއަކާ ނޫހަކާ ޓިކްޓޮކަކާ ހަދައިގެން ނޫސްވެރިންނަށް ފައިސާ ދީގެން ހިންގާ ޕްރޮޕަގެންޑާއަކީ ނޫސްވެރިކަމެއް ނޫން!" ސަންގުނޫހުގެ އާޓިކަލްއަކާ އެކު ކުރެއްވި ޓްވީޓެއްގައި އަލްހާން ވިދާޅުވިއެވެ.

Advertisement
Ooredoo — Truecaller (box)

https://twitter.com/AlhanFahmy/status/1411301803593912320

ރާއްޖޭގެ ލޯކަލް ނޫސްތަކަށް ފިޔަވަޅު އެޅުމަށް އެދި އިންޑިޔާ އެމްބަސީން މިނިސްޓްރީ އޮފް ފޮރިން އެފެއާޒަށް ފޮނުވި ސިޓީއެއްގެ މައްސަލަ ބޮޑުވެފައިވާ މިދަނޑިވަޅުގައި ނޫސްތަކުގައި ޝާއިއު ކުރާ އާޓިކަލްތަކުގެ ސަބަބުން ދިވެހިރާއްޖެއާއި ބޭރުގެ ޤައުމުތަކާ އެކު އޮންނަ ޒަމާންވީ ގުޅުންތަކަށް ނޭދެވޭ އަސަރުކޮށް، އެ ލިޔުންތައް އަމާޒުވާ ޑިޕްލޮމަޓުންގެ ސަލާމަތާއި ރައްކާތެރިކަމަށް ހުރަސްއެޅޭކަމަށް ފޮރިން މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

މިއާއެކު އިދިކޮޅު ކޯލިޝަނުން ވެސް ވަނީ އެމްޑީޕީއިން "ދިޔަރެސް" ނޫހާއި އެ ނޫހުގެ ޗީފް އެޑިޓަރ އަހްމަދު އަޒާންއަށް އަމާޒުކޮށް ބިރުދެއްކުމުގެ ގޮތުން ނެރެފައިވާ ބަޔާން ހަރުކަށި އިބާރާތުން ކުށްވެރި ކުރާކަމަށާއި މީޑިއާއަކީ ޑިމޮކްރެސީގެ ހަތަރުވަނަ ބާރު ކަމަށްވީހިނދު، އެއީ މިނިވަން ނޫސްވެރިކަމަށް ހުރަސްއެޅޭ ފަދަ އަދި ނޫސްވެރިންގެ ގަލަމުގެ މިނިވަންކަމަށް އަރައިގަނެވޭފަދަ ކަމެއް ކަމުގައި ދެކޭކަމަށް ބުނެ ބަޔާނެއް ނެރެފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް