ޚަބަރު

ދެވަނަ ޑޯޒަށް ހުޅުވައިލީ އަމިއްލަ ފަރާތަކުން ވެކްސިން ހަދިޔާކުރުމުން

ރައުފާ ރަޝީދު ، ދެން އޮންލައިން
ވެކްސިން ޖެހުމަށް ކިއު ހަދާފައި.. ދެން އިމޭޖްްސް/އިބްރާހީމް ޝަމްވީލް

ކޮވިޑުން ރައްކާތެރިވާން ޖަހާ ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ޖަހަން ފެށީ ހެޔޮ އެދޭ ފަރާތަކުން ހަދިޔާކުރި ވެކްސިނުން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މިއަދު ވިދާޅުވެއްޖެއެވެ.

Ads by STELCO

އެ އެޖެންސީގެ އޮފިޝަލަކު ވިދާޅުވީ ސެކިއު ކޮށްފައި ހުރި ވެކްސިންތައް ވެސް ވަރަށް އަވަހަށް ލިބޭނެކަމަށާއި އަމިއްލަ ފަރާތަކުން އިއްޔެ ކޮވިޝީލްޑް ވެކްސިން ހަދިޔާކޮށްފައިވާ ކަމަށެވެ. އަދި އުންމީދުކުރަނީ ވެކްސިން ޕްރޮގްރާމަށް މަޑުޖެހުމެއް ނެތި ކުރިއަށް ގެންދެވޭނެކަމަށެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ރޭ ނެރުނު ބަޔާނެއްގައި ވިދާޅުވެފައި ވަނީ، ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިފައިވާ ފަރާތްތަކުގެ ތެރެއިން 2 ވަނަ ޑޯޒް ނުޖެހި ތިބި ފަރާތްތަކަށް އެޕޮއިންޓްމަންޓް ދީގެން ވެކްސިން ޖަހަން 4 ޖުލައި 2021ގައި ފަށައިގެން ކުރިއަށް ގެންދެވޭނެކަމަށެވެ.

ވެކްސިން ޖެހުމަށް އެޕޮއިންޓްމަންޓް ދޭނީ ފުރަތަމަ ޑޯޒް ޖެހި ތަރުތީބުން ކުރިން ޖެހި މީހުންނަށް އިސްކަންދީގެން ކަމަށާއި މިގޮތުން 2021ވަނަ އަހަރުގެ ފެބްރުއަރީ މަހު ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ ފަރާތްތަކަށް 4 ޖުލައި 2021 ވަނަ ދުވަހު ވެކްސިން ޖެހުމަށް އެޕޮއިންޓްމަންޓް ހެއްދުމަށް އެޗްޕީއޭއިން ގުޅަމުންދާނެކަމުގައި ވެސް ވިދާޅުވެފައި ވެއެވެ.

 

Ads by HDC
  1. އަމިއްލަ ފަރާތް

    އަމިއްލަ ފަރާތަކުން މިހާރުދެން ސަރުކާރާވެސް ހަވާލު ވާންވީ، މި އެންޑިޕީ ބުރާންޗިންނަކަށް އެއްކަމެއްވެސް ވާ ބައެއް ނުން. އެއް އިރު އުޅޭނީ ޚިތާނު ކުރަނީއޭ ގޮވަން، އަނެއް އިރު އިންޑިޔާގެ ގެރި ގޮރު ބޯން.