ޚަބަރު ރައްޔިތުންގެ މަޖިލިސް

ފެއިލްވީ ނޫސްވެރިކަން، ސަރުކާރެއް ނޫން: ދޮން ބިލަތް

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

ކޮވިޑް-19 ހާލަތުގައި ސަރުކާރުން އަމަލު ކުރަމުންދާ ގޮތަށް ނޫސްވެރިން ފާޑު ކިޔަމުންދާތީ، އެކަމާ ނުރުހުން ފާޅު ކުރައްވައި ސަރުކާރު ފެއިލް ނުވާ ކަމަށާއި ފެއިލް ވެފައި ވަނީ ނޫސްވެރިކަން ކަމަށް ރައްޔިތުން މަޖިލީހުގެ ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް (ދޮން ބިލަތް) ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ރޭ ސަންގު ޓީވީ އިން ގެނެސްދިން ޚަބަރަށް ފަހު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ދޮންބިލަތް ވިދާޅުވީ، ނޫސްވެރިން ސަރުކާރު ފެއިލްވީ ކަމަށް ބުނެ ތަކުރާރުކޮށް ވާހަކަ ދައްކަމުން އަންނައިރު، ރައްޔިތުންގެ އިތުބާރު ގެއްލި، ފެއިލްވެފައި އޮތީ ނޫސްވެރިކަން ކަމަށެވެ.

"ނޫހެއްގައި ލިޔާ އެއްޗަކަށް މީހެއް އިތުބާރެއް ނުކުރޭ މިހާރަކު. އެއީ އޭގައި ގެނެސްދޭ ގިނަ ވާހަކަތައް ދޮގު ވާހަކައާއި އަނެއްކާ ރެޖިސްޓްރީ ނުކުރާ ނޫހާއި އެއީ ކާކު ލިޔާ ކޮން ނޫހެއްކަން ނޭނގޭ ބައިވަރު ނޫސްތައް ހުރުމުން:" ދޮންބިލަތް ވިދާޅުވިއެވެ.

ދޮންބިލަތް އިތުރަށް ވިދާޅުވީ، ނުބުނާ ވާހަކަތައް ވެސް މިހާރު ނޫސްތަކުން ފެންނަ ކަމަށާއި ނޫސްވެރިކަމުގެ ޔަޤީންކަން ނެތް ދުވަސްވަރެއް އަދި ނުފެންނަ ކަމަށެވެ. މީގެ އިތުރުން ނޫސްވެރިކަމުގެ މިނިވަންކަން ވެސް އޮންނަން ޖެހޭނެ ކަމަށާއި ނަމަވެސް މިއަދު ނޫސްވެރިކަމުގެ ނަމުގައި ފިތުނަ އުފެދޭ ގޮތަށް ހަދަހަދައިގެން ދޮގު ވާހަކަތައް ލިޔަމުން އަންނަ ކަމަށް ދޮންބިލަތް ވިދާޅުވިއެވެ.

ދޮންބިލަތްގެ ނުރުހުން ނޫސްވެރިކަމަށް އަމާޒުވީ، ކޮވިޑް-19 ހާލަތު ގޯސްވީ ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ކަމަށް ނޫސްތަކުން ބުނުމުންނެވެ. މިގޮތުން ކޮވިޑް-19 ތިންވަނަ އަދި އެންމެ ނުރައްކާތެރި ރާޅު އައީ ލޯކަލް ކައުންސިލް އިންތިޚާބަށް ފަހުގައި ކަމުން އިންތިޚާބު ބޭއްވުމުން ނޫސްވެރިންގެ ފާޑު ކިޔުން ސަރުކާރަށް ވަނީ އަމާޒުވެފައެވެ. މީގެ އިތުރުން ރާއްޖޭގެ ބޯޑަރު ބަންދު ނުކުރާތީ ފާޑު ކިޔުން އަމާޒުވި ކަމަށާއި އެހެން ނަމަވެސް ބޯޑަރުތައް ބަންދު ނުކޮށް ކޮވިޑް-19 މިއަދު ކޮންޓްރޯލް ކޮށްފައިވާ ކަމަށް ދޮންބިލަތް ވިދާޅުވިއެވެ.

ނޫސްވެރިންނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ދޮންބިލަތް ވިދާޅުވީ ނޫސްވެރިކަމަކީ ވާހަަކައިގެ ހަޤީޤަތް ވަރަށް ބޮޑަށް އަނބުރައި ލެވޭ އެއްޗެއް ކަމަށެވެ. މިގޮތުން ނަފުރަތުގެ ބިލުގެ މަފްހޫމް އޮޅުވައިލައި ސެކިއުލާ ބިލެއްގެ ގޮތުގައި ނޫސްވެރިން އެބިލް ދައްކަމުން އަންނަ ކަމަށް ދޮންބިލަތް ވިދާޅުވިއެވެ.

"ބިލެއް މަޖިލީހަށް އަންނަ ގޮތަށް ފާސް ކުރަނީއެއް ނޫން. އެކަމަކު ބިލް ބަލައިގަންނާނެ ކޮންމެ ގޮތަކަށް އޮތަސް ބިލުގެ ހެޑްލައިން ރަނގަޅިއްޔާ، ކޮންކަމަކަށްކަން. ބިލް ބަލައިގެންފައި ބިލުގައި ހުރި ކަންކަން ރަނގަޅު ކުރަމުންދާނީ. މިހާރު ޖުޑީޝަރީ ކޮމިޓީ ކުރި ކަމަކީ އެއަށް އިސްލާހް ގެނައީ." ދޮންބިލަތްގެ ފާޑު ކިޔުން އަމާޒު ކުރީ، މި ބިލަށް އިސްލާހް ގެނައުމުގެ ކުރިން ބިލާ ބެހޭ ގޮތުން ނޫސްތަކުން ވާހަކަ ދެއްކުމުން ކަމަށް އޭނާ ވިދާޅުވިއެވެ.

ނަފުރަތުގެ ބިލާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން އޭނާ ވިދާޅުވީ، ނަފުރަތުގެ ބިލުން ކާފަރަކާ ދިމާޔަށް ކާފަރެކޭ ގޮވޭނެ ކަމަށާއި އެހެން ނަމަވެސް މަނާ ކުރަނީ ވަކިވަކި ޝެއިޚެއް ވިދާޅުވާ ގޮތެއް ޤަބޫލު ނުކުރާ މީހަކާ ދިމާޔަށް ކާފަރެކޭ ގޮވުން ކަމަށެވެ. މީގެ އިތުރުން އިސްލާމް ދީނުގައި އޮންނަނީ އިސްލާޙް ކުރުން ކަމަށާއި އިސްލާމް ދީން ޤަބޫލު ނުކުރާ ދިވެއްސަކީ ބަލި މީހެއް ކަމަށް ދޮންބިލަތް ސިފަ ކުރެއްވިއެވެ. މިގޮތުން އޭނާ ވިދާޅުވީ، އިސްލާމް ދީނަށް ވުރެ ރަނގަޅު ދީނެއް ނޯންނާނެ ކަމަަށާއި އެކަން ޤަބޫލު ނުކުރާ ދިވެއްސަކު ޑޮކްޓަރަށް ދައްކަން ޖެހޭ ކަމަށެވެ.

ސަރުކާރުން ލާދީނިއްޔަތަށް ތާޢީދު ކުރާ ކަމަށް ބައެއް ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަށް ރައްދު ދެއްވަމުން ދޮންބިލަތް ވިދާޅުވީ، އެމްޑީޕީއިން ގަސްދުކުރަނީ މާދަމާ ރައްޔިތުން ކައިރިއަށް ވޯޓް ހޯދަން ދާން ކަމަށާއި އިސްލާމް ދީނަށް ކުޑައިމީސް ބުނާ ބަޔަކަށް ރައްޔިތުން ވޯޓް ނުދޭނެ ކަމަށެވެ. މިހެންކަމުން މިއީ ތާކުންތާކު ނުޖެހޭ ވާހަކައެއް ކަމަށް އޭނާ ވިދާޅުވއިެވެ.

"ވެރިކަމުގައި ތިބި ބަޔަކު، އަލުން އަނބުރާ ވެރިކަމަށް އަންނަން ބޭނުންވާ ބަޔަކު، ދިވެހި ރާއްޖޭގައި އިސްލާމް ދީނާ ބެހޭ ގޮތުން އިދިކޮޅު ކަންކަން ކުރާކަން ނޫޅޭނެ. އެއީ ރޯ ބުހުތާން ދޮގު އެހަދަނީ." ދޮންބިލަތް ވިދާޅުވިއެވެ.

Ads by Ooredoo
  1. ރަދީފް

    ފެއިލްވީ …ނޫސްވެރިކަން ދަނީ ބާރަށް ކުރިއަށް.

  2. މީހުން ގަބޫލު ނުކުރަނީ އެމްޑީޕީގެ މަޖްލިސް މެމްބަރުން ދައްކާ ވާހަކަ ޚާއްސަކޮށް ފީބިލެއް ، ޕެޑް ހަސަނު ، އިންތި ، މީކާއީލް ފަދަ ތާކުން ތާކު ނުޖެހޭ މީހުން ގެ ވާހަކަތަައް . ނޫހުގަ ހުންނަ ވާހަކަ ތައް ގަބޫލުކުރޭ.

  3. ދިވެހިލޭ

    ދޮންބިލަތް ފެއިލް ވީ އެނގިއްޖެތަ؟